ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޔޫރަޕްގެ ޖަމާއަތުގެ ހުރިހައި ކަމިޝަނަރުން އެއްފަހަރާ އިންޑިއާއަށް
ދުނިޔެ

ޔޫރަޕްގެ ޖަމާއަތުގެ ހުރިހައި ކަމިޝަނަރުން އެއްފަހަރާ އިންޑިއާއަށް

އއިބްރާހީމްް ސަމީރު24 ފެބްރުއަރީ 2025
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީއާއެކު ބާއްވާ ޚާއްސަ މަޝްވަރާތަކަކަށް ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ފޮން ޑަރ ލޭއެން އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. މި ދަތުރު އޮންނާނީ، ފެބްރުއަރީ 27-28 އަށް ކަމަށް މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒ އިން ނެރުނު ބަޔާނެއްގައި ބުނެފި އެވެ. އެކަމަނާއާއެކު ޔޫރަޕިއަން ޔޫނިއަންގެ ކޮމިޝަނަރުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. މިއީ ޔޫރަޕިއަން ޔޫނިއަންގެ ރައީސް އުރުސުލާ ފޮން ޑަރ ލޭއެން އިންޑިއާއަށް ކުރައްވާ ތިންވަނަ ދަތުރުފުޅެވެ. މީގެ ކުރިން 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފައިވެއެވެ. އަދި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ޖީ20 ލީޑަރުންގެ ސަމިޓުގައި ވެސް ބައިވެރިވެ ވަޑައިގަތުމަށް އޭނާ އިންޑިއާއަށް ވަޑައިގަތެވެ. މި ދަރތުރުފުޅަކީ، ޔޫރަޕްގެ ޖަމާއަތުގެ ހުރިހައި ކޮމިޝަނަރުން އެއްފަހަރާ އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަދި މިއީ ޔޫރަޕްގެ ޕާލަމެންޓަށް ފަހު ކަނޑައަޅާފައިވާ އައު މެންޑޭޓަށް ފަހު އެބޭފުޅުން ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުގައި އިންޑިއާއާއި އީޔޫއާ ދެމެދު ވަފްދުގެ ފެންވަރުގައި މަޝްވަރާތައް ބާއްވާނެއެވެ. އަދި އިންޑިއާއާއި، އީޔޫގެ ދެމެދުގެ ޓްރޭޑް އެންޑް ޓެކްނޮލޮޖީ ކައުންސިލްގެ ދެވަނަ ބައްދަލުވުމާއި ޔޫރަޕިއަން ކޮމިޝަނަރުންނާއި އިންޑިއާގެ ވަޒީރުންގެ މެދުގައި ބާއްވާ ބައިލެޓަރަލް މިނިސްޓީރިއަލް ބައްދަލުވުންވެސް އޮންނާނެއެވެ. އިންޑިއާ އާއި އީޔޫ އަކީ 2004 ވަނަ އަހަރުން ފެށިގެން ސްޓްރެޓެޖިކް ޕާޓްނަރުންގެ ގޮތުގައި ތިބި ދެ ގައުމެވެ.

ގުޅުންހުރި ޚަބަރު