ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އައިސީސީ ޗެމްޕިއަންސް ޓްރޮފީ: ގިނަ ޤައުމުތަކުގެ ކަންބޮޑުވުން
ދުނިޔެ

އައިސީސީ ޗެމްޕިއަންސް ޓްރޮފީ: ގިނަ ޤައުމުތަކުގެ ކަންބޮޑުވުން

އއިބްރާހީމްް ސަމީރު3 މާރިޗު 2025
2025 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައި އޮތް އައިސީސީ ޗެމްޕިއަންސް ޓްރޮފީގެ ބައެއް މެޗުތައް ޕާކިސްތާނުގައި ކުޅެން ޖެހުމާ ގުޅިގެން ގިނަ ޤައުމުތަކަކުން ސަލާމަތީ ކަންބޮޑުވުންތައް ފާޅު ކުރިއެވެ. މީގެ ތެރެއިން އިންޑިއާއިން ވަނީ ޕާކިސްތާނަށް ދަތުރުކުރުމަށް އިންކާރުކޮށް، އެ ޤައުމުގެ މެޗުތައް ދުބާއީގައި ކުޅުމަށް ނިންމާފައެވެ. މި ކަންބޮޑުވުންތައް އުފެދިފައިވަނީ މާޒީގައި ޕާކިސްތާނުގައި ކްރިކެޓް ޓީމުތަކަށް ދީފައިވާ ހަމަލާތަކުގެ ސަބަބުންނެވެ. 2009 ވަނަ އަހަރު ސްރީލަންކާ ޓީމަށް އަމާޒުކޮށް ދިން ހަމަލާއާއި، 2002 ވަނަ އަހަރު ނިއުޒީލެންޑް ޓީމު ތިބި ހޮޓަލުގެ ކައިރީގައި ދިން ބޮމުގެ ހަމަލާގައި 14 މީހަކު މަރުވެފައި ވެއެވެ. މި ހާދިސާތަކުގެ ސަބަބުން، ބައިނަލްއަޤްވާމީ ކްރިކެޓް ޓީމުތައް ޕާކިސްތާނާ ދުރުގައި 10 އަހަރަށްވުރެ ގިނަ ދުވަހު ތިއްބެވެ. އޮސްޓްރޭލިއާ، އިނގިރޭސިވިލާތް އަދި ބަންގްލަދޭޝްއިން ޕާކިސްތާނުގައި މެޗު ކުޅުމަށް ނިންމާފައި ވަނީ އެ ގައުމުތަކުން ފުރިހަމަ ސަލާމަތީ އެސެސްމަންޓްތަކެއް ހެދުމަށްފަހުގައެވެ. ސަލާމަތީ ކަންބޮޑުވުންތަކާ ގުޅިގެން އޮސްޓްރޭލިއާގެ ކެޕްޓަން ޕެޓް ކަމިންސްއާއި އަދި އެ ޤައުމުގެ ބައެއް ކުޅުންތެރިން ވަނީ ޓީމުގައި ބައިވެރި ނުވާން ނިންމާފައެވެ. އިންޑިއާއިން މެޗުތައް ޑުބާއީގައި ކުޅުމަށް ނިންމުމާ ގުޅޭ ގޮތުން އެ ޤައުމުގެ ކުރީގެ ކުޅިވަރާ ބެހޭ މަސްއޫލުވެރިޔާ  އަނޫރާގް ތާކުރު ވިދާޅުވެފައި ވަނީ އެއީ "ރަނގަޅު ނިންމުމެއް" ކަމަށެވެ. އިންޑިއާއިން ބުނާ ގޮތުގައި ޕާކިސްތާނަކީ ޓެރަރިޒަމުގެ މައްސަލަތައް ހިންގާ އަދި ނުތަނަވަސްކަން އޮތް ޤައުމަކަށް ވެފައެވެ. އަދި އިންޑިއާއިން ބުނަނީ ޕާކިސްތާނަކީ އެ ޤައުމުގެ ކުޅުންތެރިންނަށް ރައްކާތެރި ތަނެއް ނޫން ކަމަށެވެ. މީގެ އިތުރުން، އިނގިރޭސިވިލާތުން އަފްޣާނިސްތާނާ ދެކޮޅަށް ކުޅޭ މެޗުގައި ޕްރެޝަރު ކުރިމަތިވެފައި އޮތެވެ. އެކަން ދިމާވެފައި ވަނީ ތާލިބާނުންނާ ގުޅުންހުރި އިންޒާރުތަކުގެ ސަބަބުންކަން ފާހަގަކުރެވެއެވެ.

ގުޅުންހުރި ޚަބަރު