ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޕެނަމާގައި ޗައިނާގެ ބާރު ކުޑަކޮށްލަނީ
ދުނިޔެ

ޕެނަމާގައި ޗައިނާގެ ބާރު ކުޑަކޮށްލަނީ

އއިބްރާހީމްް ސަމީރު6 މާރިޗު 2025
ޗައިނާއާއެކު ވެފައިވާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް އެއްބަސްވުން އުވާލުމަށް ޕެނަމާއަށް މަޖުބޫރުވެފައި ވަނީ އެމެރިކާގެ ފިއްތުންތަކާ ހެއްޖެވެ.  އޭގެ އިތުރުން، ބެއިޖިން އަށް ވަނީ ސްޓްރެޓެޖިކް ޕެނަމާ ކެނަލްގެ ކޮންޓްރޯލް ގެއްލިދާނެ ކަން މިހާރު ޔަގީންވެފައެވެ. ޗައިނާގެ ކުންފުނިތަކަކީ، ނެރުގެ ދެކޮޅުގައި ދެ ބަނދަރު ހިންގަމުން ދާ ފަރާތްތަކެވެ. ހޮންކޮންގެ ހަޗިސަން ކުންފުނި މެދުވެރިކޮށްދެ ބަނދަރާއި ޑިއުޓީ ފްރީ ހިންގަމުން ގެންދެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފިއްތުމާއެކު ޗައިނާއަށް އިންޒާރުކޮށްފައި ވަނީ ޕެނަމާ ކެނަލް އެމެރިކާގެ ބާރުގެ ދަށަށް ގެންނާނެ ކަމަށެވެ. މިފިއްތުމާއެކު އެންމެ ފަހުން ޗައިނާ ކުންފުނިން ވަނީ އެކުންފުނީގެ 90 ޕަސެންޓް އެމެރިކާގެ ބެލެކްރޮކް ކުންފުންޏަށް ދޫކޮށްލުމަށް ނިންމާފައެވެ. މިކަމުގެ ސަބަބުން ދެކުނު އެމެރިކާގައި މުހިންމު ހިސާބެއްގައި ޗައިނާއަށް ނުފޫޒު ގެއްލިގެންދާނެއެވެ. ޓްރަމްޕް ދެކޭ ގޮތުގައި ޗައިނާއިން ޕެނަމާގެ ނެރުގައި އޮޕަރޭޓުކުރުމަކީ އެމެރިކާގެ ނުފޫޒުގެ ސަރަހައްދަށް އަސަރު ކުރާނެ ކަމެކެވެ. ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރު ހަވާލުވިތާ މާގިނަ ދުވަހެއް ނުވެ، ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވަނީ ޕެނަމާ ސިޓީއަށް ވަޑައިގެން ޕެނަމާގެ ރައީސް ހޯސޭ ރައުލް މުލީނޯ އާ މަޝްވަރާ ކުރައްވައި ނެރު އެމެރިކާގެ ބާރުގެ ދަށަށް ގެންނާނެ ކަމުގެ އިންޒާރު ދީފައެވެ. ޕެނަމާގެ ލީޑަރަށް ރޫބިއޯ ވިދާޅުވެ ދެއްވީ، ނެރުގެ ސަރަހައްދުގައި ޗައިނާ އޮތުމަކީ 1999 ވަނަ އަހަރު އެމެރިކާއިން މިނެރު ޕެނަމާއާ ހަވާލުކުރި މުއާހަދާއަކާ ހިލާފު ކަމެއް ކަމަށެވެ. "ސެކްރެޓަރީ ރޫބިއޯ ސާފުކޮށްދެއްވީ މިހާރުގެ ހާލަތަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އަވަސް ބަދަލެއް ނާންނަނީ ނަމަ އެމެރިކާއިން މުއާހަދާގެ ދަށުން ލިބިފައިވާ ހައްގުތައް ހިމާޔަތް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ޖެހިދާނެ ކަމަށް،" ރޫބިއޯގެ ބައްދަލުވުމަށް ފަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވެ އެވެ. ޓްރަމްޕްގެ އައު ސިޔާސަތާއެކު ޗައިނާއަށް ޕެނަމާއާއި އެގައުމުގައި ކުރިއަށް ގެންދިޔަ ބެލްޓް އެންޑް ރޯޑް މަޝްރޫއުވެސް ގެއްލުނީއެވެ.

ގުޅުންހުރި ޚަބަރު