ދިވެހި|English 9 ޖުލައި 2026 · 05:08
Top banner
Advertisement
މަސްތުވާތަކެތީގެ ވިޔަފާރި ކުރާމީހުން ތަފާތު އެކިއެކި ވިޔަފާރިތަކަށް ވަންނަނި
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރި ކުރާމީހުން ތަފާތު އެކިއެކި ވިޔަފާރިތަކަށް ވަންނަނި

އއިބްރާހީމްް ސަމީރު6 މާރިޗު 2025
ފާއިތުވި އަހަރުތަކުގައި ބައިނަލްއަގްވާމީ މަސްތުވާތަކެތީގެ ވިޔަފާރި ތަރައްގީވެފައިވަނީ ޚިޔާލަށްވެސް ނުގެވޭ މިންވަރުގެ ފުޅާ ދާއިރާއެއްގައެވެ. ޓްރަމްޕްގެ ވިޔަފާރި ހަނގުރާމައިގެ މައިގަނޣު ނުކުތާއަކަށް ވެފައި ވަނީ ކެނެޑާއާއި މެކްސިކޯއިން އެމެރިކާއަށް މަސްތުވާތަކެތީގެ  ބާވަތެއްކަމަށްވާ ފެންޓަނީލް އެތެރެ ވުން  ނުހުއްޓުވުމެވެ. މިއީ އެމރިކާއިން ބުނާ ގޮތުގައި ޗައިނާއިން  އަންނަ އެއްޗެކެވެ. މެކްސިކޯގައި އިއްޔެވެސް ފެނިފައި ވަނީ ކިޔަވާކުދިންގެ ބަޔެއްގެ ބޯބުރިކޮށްފައި އެއްލާފައި ވަނިކޮށެވެ. ތަހުގީގަށް އެނގުނު ގޮތުގައި އެކުދިންނަކީވެސް މަސްތުވާތަކެތީގެ ކާޓޭލަނަކަށް ނިސްބަތްވާ އުމުރުން ހަމަ ނުވާ  ކުދިންގެ ބައެކެވެ. ފެންޓަނައިލް އާއި އެހެނިހެން ސިންތެޓިކް ބޭސްތައް ބައިނަލްއަގްވާމީ މާކެޓްތަކަށް ވަނީ ތިޔާގި ކަމާއެކު އޮހެމުންނެވެ. މިކަމުން އާންމު ސިއްހަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާއިރު، އެމެރިކާއާއި އެހެން ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކުން ވަނީ މި ނާޖާއިޒު ވިޔަފާރިއާ ދެކޮޅަށް މަސައްކަތްތައް ވަރުގަދަކޮށްފަ އެވެ. މަސްތުވާތަކެއްޗާ ގުޅުންހުރި ސަޕްލައި ޗޭންތަކަށް ބުރޫއަރާ ގޮތަށް ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން މަސައްކަތް ކުރަމުންދާއިރު، މެކްސިކޯގެ ކާޓޭލްތަކާއި ޗައިނާގެ މެދުވެރިންގެ އެއްބާރުލުން ބޮޑުވަމުން އަންނަ ކަމަށް ބެލެވެއެވެ. ޗައިނާއަކީ ދުނިޔޭގެ ހުރިހައި ބޭހެއްގެ އަސާސީ މާއްދާތައް އުފައްދާ ގައުމެވެ. ފެންޓެނީލްވެސް ޗައިނާއިން އުފައްދާ ކަމާއި ނުވަތަ އޭގެ ރޯމާއްދާތައް ޗައިނާއިން ގެންނަކަމަށް އެމެރިކާއިން ބުނެއެވެ. ސިނަލޯއާ ކާޓޭލް އާއި ޖަލިސްކޯ ނިއު ޖެނެރޭޝަން ކާޓޭލް (ސީޖޭއެންޖީ) ފަދަ މެކްސިކޯގެ މަސްތުވާތަކެތީގެ ކާޓޭލްތަކަކީ ދުނިޔޭގެ މަސްތުވާތަކެތީގެ ވިޔަފާރީގައި ޚާއްސަކޮށް ފެންޓަނައިލް ފަދަ ސިންތެޓިކް އޮޕިއޯއިޑްސް އުފެއްދުމާއި ބެހުމުގެ ދާއިރާގައި ބާރުގަދަ ބައެކެވެ. މި ބާރުގަދަ ކާޓޭލްތަކުން ވަނީ އެމީހުންގެ ޖިނާއީ ވިޔަފާރިތައް ތަފާތުކޮށް، ސަގާފީ މަސްތުވާތަކެތީގެ ވިޔަފާރިން ތަރައްގީވެ، މަނީ ލޯންޑަރިން، ހިއުމަން ޓްރެފިކިން، އަދި ހަތިޔާރު އެތެރެކުރުން ފަދަ ކަންކަމަށް ވަދެފައެވެ. އެމީހުންގެ ނުފޫޒު މެކްސިކޯގެ ބޯޑަރުތަކަށްވުރެން މާ ދުރަށް ފޯރާފައިވާއިރު، ސަޕްލައި ރޫޓްތައް އެމެރިކާ، ކެނެޑާ އަދި ޔޫރަޕްގެ ގައުމުތަކަށް ފޯރާފައިވެއެވެ.

ގުޅުންހުރި ޚަބަރު