ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
700 ޑިޕްލޮމެޓުންގެ އިހުތިޖާޖުގެ ސިޓީއެއް
ދުނިޔެ

700 ޑިޕްލޮމެޓުންގެ އިހުތިޖާޖުގެ ސިޓީއެއް

އއިބްރާހީމްް ސަމީރު7 މާރިޗު 2025
ޔޫއެސްއެއިޑްގެ މަސައްކަތް ހުއްޓާލުމާ ދެކޮޅަށް އިހުތިޖާޖު ކުރަމުން ސްޓޭޓް ޑިޕާޓްމަންޓާއި ޔޫއެސްއެއިޑްގެ އެތައް ސަތޭކަ ޑިޕްލޮމެޓުންނެއް ވަނީ އިހުތިޖާޖުގެ ސިޓީއެއް ފޮނުވާފައެވެ. ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއަށް މި ސިޓީ ފޮނުވާފައި ވަނީ، އެމެރިކާގެ ޑިޕްލޮމެޓުންނަށް ސިޔާސަތާ ގުޅޭ ކަންބޮޑުވުންތައް ސިއްރުވެރި ގޮތަކަށް ސަރުކާރަށް ހުށަހެޅުމަށް ފުރުސަތު ލިބޭ ޑިޕާޓްމަންޓުގެ އެތެރޭގައި ބޭނުންކުރާ ސިއްރުވެރި ޗެނަލެއް މެދުވެރިކޮށެވެ. ޖެނުއަރީ 20 ގައި ޓްރަމްޕްގެ ސަރުކާރުން ވަނީ ބޭރުގެ ހުރިހައި އެހީތައް ހުއްޓާލާފައެވެ. އެކަމާ ގުޅުވައިގެން، ރޫބިއޯއަށް ފޮނުވާފައިވާ ސިޓީގައި 700 އަށް ވުރެ ގިނަ ޑިޕްލޮމެޓުން ސޮއިކޮށްފައިވެއެވެ. "އެއްވެސް ސީރިއަސް ރިވިއުއެއް ނެތި ބޭރުގެ އެހީއާއި ސަޕޯޓް ކޮންޓްރެކްޓްތައް ފްރީޒްކުރުމަށް ނިންމާ ނިންމުމަކީ މުހިންމު އެކުވެރިންނާ އެކު އޮންނަ ޕާޓްނަޝިޕްތަކަށް ބުރޫއަރާ، އެމެރިކާގެ އިތުބާރު ގެއްލި، ދުޝްމަނުންނަށް ނުފޫޒު ފުޅާކުރުމުގެ ފުރުސަތުތައް ލިބޭނެ ކަމެއް،" މި 700 ސޮޔާއެކު ފޮނުވާފައިވާ ސިޓީގައި ވެއެވެ، ދުޝްމަނުން ކަމަށް ބުނެފައި ވަނީ އެމެރިކާގެ ވާދަވެރި ޗައިނާއާއި ރަޝިޔާއަށެވެ.

ގުޅުންހުރި ޚަބަރު