ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޑިމޮކްރަސީ އަކީ "މޭޒުމަތީގައި ކާނާ ބެހެއްޓޭނެ" ވެރިކަމުގެ ނިޒާމެއް
ދުނިޔެ

ޑިމޮކްރަސީ އަކީ "މޭޒުމަތީގައި ކާނާ ބެހެއްޓޭނެ" ވެރިކަމުގެ ނިޒާމެއް

އއިބްރާހީމްް ސަމީރު8 މާރިޗު 2025
ގިނަ ގައުމުތަކަކަށް ސިޔާސީ ހަމަނުޖެހުންތަކެއް ކުރިމަތިވެ، ސިޔާސީ ކަންކަން ހަލަބޮލިވެފައި ވެއެވެ. ޔޫރަޕްގައި ހިޖުރަވެރިންނާ ހެދި ވަޒީފާ ގެއްލޭކަމަށް ތުހުމަތު ކޮށް، ކަނާތު ފިޔާގެ ހަރުކަށި ޕާޓީތައް ވެރިކަމަށް އަންނަމުން ދެއެވެ. މިހާލަތުގައި ދުނިޔޭގެ ޑިމޮކްރެސީ ފަނޑުވަމުންދާ ތަންފެންނަ އިރު، އިންޑިއާއަކީ އަދިވެސް ޑިމޮކްރެސީގެ ހުޅުދާނެއްގެ ގޮތުގައި ފެންނަ  ގައުމެއް ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަހަމަންޔަމް ޖައިޝަންކަރު ވިދާޅުވެއެވެ. މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ އިންޑިއާގެ ޑިމޮކްރަސީއަކީ އަދި މިހާތަނަށް އަޖުމަބެލިފައިވާ ނިޒާމެއް ކަމަށެވެ. އަދި އެއީ، ނަތީޖާ ނެރެމުންދާ ޑިމޮކްރަސީއެއް ކަމަށެވެ. އޭނާ ވިދާޅުވީ، އެއީ، 800 މިލިއަން އާދައިގެ މީހުންނަށް ކާނާ އާއި ނިއުޓްރިޝަންއާއި އެހެނިހެން އެހީތަކުގެ ސަޕޯޓު ސިސްޓަމެއް ކަމަށެވެ. އަދި އިންޑިއާއިން ސާބިތުކޮށްދީފައި ވަނީ، ޑިމޮކްރަސީ އަކީ "މޭޒުމަތީގައި ކާނާ ބެހެއްޓޭނެ" ވެރިކަމުގެ ނިޒާމެއް ކަމަށެވެ. އިންޑިއާއިން ވަނީ ގައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުތައް އެކަށައަޅައި، ރަށްރަށުގެ ފެންވަރުގައި ވަޒީފާގެ ޕްރޮގްރާމްތައް އުފައްދާފައެވެ. އަދި އިންޑިއާގެ ސިޔާސަތުތަކަކީ ފަގީރުކަން ކުޑަކުރުމަށް އެހީތެރިވެދޭ ސިޔާސަތުތަކެއް ކަމަށް ޔޫރަޕިއަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް އިން ބުނެއެވެ. 1947 ވަނަ އަހަރު މިނިވަންވިފަހުން އިންޑިއާ ވަނީ އިގްތިސާދީ ތަރައްގީގައި ދުނިޔޭގެ 5 ވަނައަށް އެންމެ ބޮޑު އިޤްތިޞާދަށް ވެގެން ގޮސްފައެވެ. އިންޑިއާގެ  ބޮޑުވަޒީރު ނަރެންދްރަ މޯދީ އަމާޒު ހިފާފައިވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ އިގްތިސާދީ ތަރައްގީގައި އިންޑިއާއަކީ، 3 ވަނައަށް ހެދުމެވެ.

ގުޅުންހުރި ޚަބަރު