ދިވެހި|English 10 ޖުލައި 2026 · 00:41
Top banner
Advertisement
އަންހެނުންގެ ދުވަހުގެ މުނާސަބާގެ ބައިސިކަލް ބުރު
ދުނިޔެ

އަންހެނުންގެ ދުވަހުގެ މުނާސަބާގެ ބައިސިކަލް ބުރު

އއިބްރާހީމްް ސަމީރު10 މާރިޗު 2025
އިންޑިއާގައި އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ މުނާސަބާގައި އިއްޔެ މުޅި އިންޑިއާގައި ބައިސިކަލް ދުއްވުން ބާއްވައިފިއެވެ. ދިއްލީގައި ބޮކްސިން ކުޅުންތެރިޔާ މަނީޝާ މައުން އާއި ޓެނިސް ކުޅުންތެރިޔާ އަންކިތާ ބަމްބްރީ ފަދަ ތަރިން ހިމެނޭ ގޮތަށް 400 އަށް ވުރެ ގިނަ ފަރާތްތައް ބައިސިކަލުގައި މަގުތަކުގައި ދުއްވިއެވެ. އިންޑިއާގެ ސައިކްލިން ފެޑެރޭޝަނާ ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 3 ކިލޯމީޓަރުގެ "ޕިންކް ސައިކްލޮތޯން" ޖޯއީ ރައިޑެއް ކުރިއަށް ގެންގޮސްފައި ވެއެވެ. އަދި ދުވަހުގެ ޝަރަފް ވެރި މެހުމާނަކީ، ސެކްރެޓަރީ އޮފް ޔޫތު އެފެއާޒް މީތާ ރާޖީވް ލޮޗަން އެވެ. ސްޕޯޓްސް މިނިސްޓަރު  ލޯންޗުކުރެއްވި ފިޓް އިންޑިއާ ސަންޑޭސް އަކީ، ޑިސެމްބަރު 2024 އިން ފެށިގެން 4،200 އަށް ވުރެ ގިނަ ސިޓީއާއި ޓައުންތަކަށް ފެތުރިފައިވާ އައިޑިއާއެކެވެ. މިކަން ކުރިއަށް ގެންދަނީ އަންހެނުން އިސްކޮށް ހަރަކާތްތެރި ވެގެންނެވެ.

ގުޅުންހުރި ޚަބަރު