ދިވެހި|English 9 ޖުލައި 2026 · 04:29
Top banner
Advertisement
ކެނެޑާއަށް އައު ބޮޑު ވަޒީރެއެއް
ދުނިޔެ

ކެނެޑާއަށް އައު ބޮޑު ވަޒީރެއެއް

އއިބްރާހީމްް ސަމީރު15 މާރިޗު 2025
ރައީސް ޑޮނަލްޑް ޓްރަމްޕް ސަޅި ބައިސާއާ ހެދި ގުޅުން ގޯސްވެފައިވާ ކެނެޑާގައި އައު ބޮޑު ވަޒީރަކު ހުވައި ކުރައްވައިފިއެވެ. ކެނެޑާގެ ބޮޑުވަޒީރުކަމުގެ ހުވާ މިއަދު ކުރެއްވީ މާކް ކާނީ އެވެ. އޭނާއަކީ ކުރީގެ ބެންކަރެކެވެ. ޖަސްޓިން ޓްރޫޑޯގެ ބަދަލުގައި ކާނީއަށް ވެރިކަންކުރާ ލިބަރަލް ޕާޓީން ވަނީ ތާއީދުކޮށްފައެވެ. އޭނާ ވަނީ ދަތި ފައްތަރެއްގައި ދެ މަރުކަޒީ ބޭންކެއް ލީޑް ކުރުމުގެ ތަޖުރިބާއިން ކެނެޑާގެ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯއްދަވާފައެވެ. މިއަދަކީ އޭނާގެ 60 އަހަރު ފުރޭ އުފަން ދުވަހެވެ. ކާނީ އަކީ ސިޔާސީ ދާއިރާއަށް އައު ބޭފުޅެކެވެ. މީގެ ކުރިން ދުވަހަކުވެސް އިންތިޚާބުވެފައިވާ މަގާމެއް އޭނާ ނުފުރުއްވައެވެ. ކެނެޑާގައި އާންމު އިންތިޚާބެއް ބޭއްވުމަށް އޭނާ ގޮވާލައްވާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ޚަބަރު