ދިވެހި|English 10 ޖުލައި 2026 · 00:41
Top banner
Advertisement
ޓްރެފިކް ހާލަތު މައިތިރި ކުރަން އުޅެނިކޮށް 6 މީހަކު މަރުވެއްޖެ
ދުނިޔެ

ޓްރެފިކް ހާލަތު މައިތިރި ކުރަން އުޅެނިކޮށް 6 މީހަކު މަރުވެއްޖެ

އއިބްރާހީމްް ސަމީރު15 މާރިޗު 2025
ޕާކިސްތާންގެ ކަރާޗީގައި ޓްރެފިކްގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާ މައްސަލަ ދިރާސާކޮށް ތަހުގީގު ކުރުމަށް ފުލުހުން ކަރާޗީ ރޯޑް އެކްސިޑެންޓް އެނަލިސިސް ޓީމް (ކްރާތު) އިދާރާ އުފެއްދިތާ އެއް ދުވަސް ފަހުން މިއަދު ކަރާޗީގެ އެކި ހިސާބުތަކުގައި ފަރުވާކުޑަކޮށް ދުއްވުމުގެ އެކްސިޑެންޓްތަކުގައި 6 މީހަކު މަރުވެ ތިން މީހަކު ޒަހަމްވެއްޖެ އެވެ. މި އެކްސިޑެންޓްތަކުގައި ބޮޑެތި އުޅަނދުތައް ހިމެނެއެވެ. އަދި މީހުންގެ ގައިގައި ޖައްސާފައި ދިއުމުގެ ހާދިސާތައްވެސް ހިމެނެއެވެ. ފުލުހުން ބުނަނީ ޓްރެފިކްގެ ގިނަ މައްސަލަތަކަކީ ފަރުވާ ކުޑަކޮށް ދުއްވުމާއި ބަލަންވާ ވަރަށް ނުބަލައި ދުއްވުމުން ދިމާވާ މައްސަލަތަކެއް ކަމަށެވެ. ރޯދަ މަސް އައިފަހުން ފުލުހުން ވަނީ ދުވާލު ގަޑީގައި ބޮޑެތި އުޅަނދުފަހަރު ދުއްވުން މަނާކޮށްފައެވެ. ޖެނުއަރީ މަހު 80 މީހަކު މަރުވުމާއި ގުޅިގެން އުޅަނދުތަކުގެ ފިޓްނަސް ޗެކް ކުރުންވެސް ލާޒިމްކޮށްފައިވެ އެވެ. އެކްޓިވިސްޓުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ތުހުމަތު ކުރާ ގޮތުގައި ގިނަ މައްސަލަތަކަކީ ފުލުހުންގެ އިހުމާލުން ދިމާވާ މައްސަލަތައް ކަމަށެވެ.

ގުޅުންހުރި ޚަބަރު