ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ހާރުކާން އުޅެނިކޮށް ބަޑިޖަހައި މަރައިފި
ދުނިޔެ

ހާރުކާން އުޅެނިކޮށް ބަޑިޖަހައި މަރައިފި

އއިބްރާހީމްް ސަމީރު15 މާރިޗު 2025
އަލީގަޅުގައި ހާރުކާން ތެދުވެ އުޅެނިކޮށް ބަޑިޖަހައި މަރާލައިފިއެވެ. އުއްތަރު ޕްރަދޭޝްގެ އަލީގަޅުގައި ހުކުރު ދުވަހު ފަތިހު ހާރުކާން ތައްޔާރުވާން އުޅެނިކޮށް ސައިކަލެއްގައި އައި ހަތަރު މީހަކު ވެގެން މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފި އެވެ. މި ހަމަލާ ދިނީ މެންދަމު 3:15 ހާއިރު މުހައްމަދު ހާރިސް، ކްރިކެޓް މެޗެއް ބެލުމަށްފަހު އެނބުރި ގެއަށް އައިސް އޭނާގެ ގެ ކައިރީގައި ހުއްޓިގެން ހުއްޓައެވެ. ސީސީޓީވީ ފޫޓޭޖުގައި ފެންނަނީ ހާރިސް އެހެން މީހަކާ ވާހަކަދައްކަމުން  ދަނިކޮށް ދެ ސައިކަލެއް ބަޔަކު އައި ތަނެވެ.އަދި ސައިކުގެ ފަހަތުގައި އިންމީހާ ހާރިސްގެ ގަޔަށް ބަޑިޖަހާ  މަނޒަރު ފެނެއެވެ. އަދި އޭނާގެ އެކުވެރިޔާ ފިލައެވެ. މި ދެސައިކަލުގައި ތިބި މީހުން ހާރިސްގެ ގަޔަށް 3 ވަޒަން ޖެއްސެވެ. ފުލުހުން ހާރިސް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ އޮތީ މަރުވެފައެވެ. ފުލުހުން ދަނީ ސީސީޓީވީގެ އެހީގައި އެ ޖަރީމާ ހިންގި މީހުން ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ޚަބަރު