ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ނިއުކްލިއަރ ދާއިރާއިން މީހުން ބިނާ ކުރުމުގެ މަސައްކަތަށް ތައުރީފް ކޮށްފި
ދުނިޔެ

ނިއުކްލިއަރ ދާއިރާއިން މީހުން ބިނާ ކުރުމުގެ މަސައްކަތަށް ތައުރީފް ކޮށްފި

އއިބްރާހީމްް ސަމީރު20 މާރިޗު 2025
އިންޑިއާގެ ނިއުކްލިއާ ދާއިރާ ފުޅާވަމުން އަންނަ ކަމަށާއި އެދާއިރާގެ ސަލާމަތީ ފިޔަވަޅުތަކަށް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ)ގެ ޑިރެކްޓަރު ޖެނެރަލް ރަފައެލް މަރިއާނޯ ގްރޮސީ ތައުރީފް ކުރައްވައިފިއެވެ. އޭނާ ވިދާޅުވީ، އިންޑިއާގެ ނިއުކްލިއަރ ތަރައްގީއަކީ އޭޝިއާ އާއި ދުނިޔޭގައި ފާހަގަ ކޮށްލެވޭ 'އެންމެ ޑައިނަމިކް' ދާއިރާ ކަމަށެވެ. އިންޑިއާގެ އެކްސްޓަނަލް އެފެއާޒް މިނިސްޓަރާ ވާހަކަ ދައްކަވަމުން ގްރޮސީ ވިދާޅުވީ އައިއޭއީއޭ އިން ދަނީ އިންޑިއާއާ ގާތް ގުޅުމެއް ބާއްވަމުން ކަމަށެވެ. އަދި އިންޑިއާގެ ނިއުކްލިއާ ދާއިރާ ކުރިއަރަމުން އަންނަ ކަމަށާއި އައިއޭއީއޭ އިން އިންޑިއާއާ ގުޅިގެން ގިނަ ދާއިރާތަކުގެ ގަވާއިދުތަކާއި ޓެކްނޮލޮޖީ ތަރައްގީކުރުމަށާއި ރައްކާތެރިކަމާއި ސަލާމަތަށް އެއްބާރުލުން ދެމުން ގެންދާ ކަމަށެވެ. ގްރޮސީ ވަނީ އިންޑިއާއިން ނިއުކްލިއަރ ދާއިރާއިން އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތަށްވެސް ތައުރީފް ކުރައްވާފައެވެ. އަދި އިންޑިއާގެ ނިއުކްލިއަރ އިންޖިނިއަރިންގ ކޯހާއި ސްކޫލު އޮފް ނިއުކްލިއަރ ސައިންސަސް އެންޑް ޓެކްނޮލޮޖީއަށްވެސް ތައުރީފް ކުރައްވާފައެވެ.  

ގުޅުންހުރި ޚަބަރު