ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އިންޑިއާގެ އިގްތިސާދު ކުރިން ލަފާކުރިގޮތަށް ދުޅަ ހެޔޮކޮށް ދައްކާ
ދުނިޔެ

އިންޑިއާގެ އިގްތިސާދު ކުރިން ލަފާކުރިގޮތަށް ދުޅަ ހެޔޮކޮށް ދައްކާ

އއިބްރާހީމްް ސަމީރު20 މާރިޗު 2025
މާކެޓް ލޮޅުންތަކާއެކުވެސް އިންޑިއާގެ އިގްތިސާދު ބާރަށް ކުރިއަށްދާ ކަމަށް އާރުބީއައި އިން ނެރުނު މަހު ރިޕޯޓުގައި ބުނެފި އެވެ. އިންޑިއާގެ ދަނޑުވެރިކަމުގެ ދާއިރާ ދައްކަނީ ދުޅަ ހެޔޮކޮށް ކަމަށް އެރިޕޯޓްގައި ބުނެފައި ވެއެވެ. އަދި ކޮންސިއުމާ އިންޑެކްސްވެސް ދައްކަރީ އެކަށީގެންވާ މިންވަރަކަށް ރަނގަޅަށް ކަމަވެސް ފާހަގަ ކޮށްފައި ވެއެވެ. އިންޑިއާގެ މެކްރޯ އިގްތިސާދުގެ ވަރުގަދަކަން ދައްކަނީ، ކާބޯތަކެތީގެ އންފްލޭޝަން ރަނގަޅު ވުމުންނެވެ. 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހުރި މިންވަރަށް ވުރެން ރަނގަޅުވެ، މިހާރު ކާނާގެ އިންފްލޭޝަން އުޅެނީ 3.6 ޕަސެންޓްގައެވެ. އާރްބީއައި އިން ބުނެފައި ވަނީ ދުނިޔޭގައި، ވިޔަފާރީގެ ހަނގުރާމަތައް ބޮޑުވެ، ޓެރިފް މަތި ވުމާއި ބާޒާރުގެ ހާލަތާ މެދު ޔަގީންކަމެއް ނެތް ހާލަތެއް ވެރިވެފއިވާ ކަމަށެވެ. އާރުބީއައިގެ މަހު ރިޕޯޓުގެ 'ސްޓޭޓް އޮފް ދަ އިކޮނޮމީ' ޗެޕްޓަރުގައި ފާހަގަ ކޮށްފައި ވަނީ ބޭރު ފައިސާ ގައުމުން ބޭރުވަމުންދާ ކަމަށެވެ. އަދި އިންޑިއާގެ ބެންޗްމާކް ސްޓޮކް އިންޑެކްސް--ސެންސެކްސް އަދި ނިފްޓީ—ވެސް ދަށްވެފައިވާ ކަމަށްވެސް ފާހަގަ ކޮށްފައި ވެއެވެ. އެހެން ނަމަވެސް، މި ގޮންޖެހުންތަކާއެކުވެސް އިންޑިއާގެ އިގްތިސާދު ކުރިއަށް  ދަނީ ކުރިން އަންދާސާކޮށްފައިވާ މިންވަރަށް 2024-25 ވަނަ އަހަރަށް ލަފާކޮށްފައިވާ ގޮތަށް. 6.5 ޕަސެންޓްގެ ކުރިއެރުމަކާ އެކުގައެވެ.

ގުޅުންހުރި ޚަބަރު