ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޝިންޖިއާނަށް ދިޔަ ނޫސްވެރިންގެ ފޮޓޯތައް ފޮނުވުމުގެ ކުރިން ދައްކަން ޖެހޭ
ދުނިޔެ

ޝިންޖިއާނަށް ދިޔަ ނޫސްވެރިންގެ ފޮޓޯތައް ފޮނުވުމުގެ ކުރިން ދައްކަން ޖެހޭ

އއިބްރާހީމްް ސަމީރު20 މާރިޗު 2025
މި ހަފްތާގައި ޝިންޖިއާންއަށް ޗައިނާ ސަރުކާރުން ފަރުވާތެރިކަމާއެކު އިންތިޒާމު ކުރި ދަތުރެއްގައި ދިޔަ ތައިލެންޑްގެ ނޫސްވެރިން ގެ ހަރަކާތްތައް މޮނިޓަރކޮށް، ތައިލެންޑަށް ފޮނުވުމުގެ ކުރިން އެމީހުން ނަގާ ފޮޓޯތައް މުރާޖައާކޮށް ހުއްދަ ނުލިބޭ ތަސްވީރުތައް ޑިލީޓް ކުރުމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ޑިމާންޑްކުރި ކަމަށް ރޭޑިއޯ ފްރީ އޭޝިއާ އިން ރިޕޯޓްކޮށްފައިވެ އެވެ. މިމީހުން ގޮސްފައި ވަނީ ތައިލެންޑުން ޗައިނާއާ ހަވާލު ކުރި ޝިންޖިއާންގެ މީހުން ޗައިނާއަށް ގެންދިޔަތާ ދުވސްކޮޅެއް ފަހުންނެވެ. އެމީހުން ގެންދިއުމުގެ ކުރިން ތައިލެންޑުން އެދުމުން އެމީހުންގެ ސަލާމަތުގެ ޔަގީންކަން ޗައިނާއިން ދީފައި ވެއެވެ. ޑިޕޯޓް ކުރި މީހުންނަކީ ޝިންޖިއާންގައި ކުރިމަތިވި އަނިޔާތަކުން ފިލައިގެން ގޮސް ތައިލެންޑުގައި ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ޖަލު ބަންދުގައި ތިބި ބައެކެވެ. އެއީ، ތައިލެންޑުން ބަންދުކުރި 300 އަށް ވުރެ ގިނަ އުއިގޫރުންގެ ތެރޭގައި ހިމެނޭ ބައެކެވެ. ޗައިނާއިން ވަނީ ޝިންޖިއާންގެ ވެރިރަށް ކަޝްގަރަށް 3 ދުވަހުގެ ދަތުރެއްގައި ވަޑައިގަތުމަށް ތައިލެންޑްގެ ޑެޕިއުޓީ ބޮޑުވަޒީރު ފުމްތަމް ވެޗަޔަޗައި އާއި ނޫސްވެރިންގެ ޓީމަކަށް ދައުވަތު ދީފައެވެ. ތައިލެންޑްގެ ނޫސްވެރިން އެސްކޯޓްކޮށްފައިވަނީ ސެކިއުރިޓީ މުވައްޒަފުން ނެވެ. އަދި އެމީހުންގެ ހަރަކާތްތައް މޮނީޓާ ކޮށް ފޮޓޯތައް ތައިލެންޑަށް ފޮނުވުމުގެ ކުރިން ފާސްކުރަން ދެއްކުމަށް އަންގާފައި ވެއެވެ. މިކަން ރިޕޯޓުކޮށްފައި ވަނީ ތައިލެންޑުގެ ދުވަހު ނޫސް ތައިރާތު އެވެ. އެ ނޫހުގެ ނިއުސް ޑިރެކްޓަރު ޕްރަނޮޓް ވިލަޕަސުވާން ވަނީ އޭނާއަށް ދިމާވި ކަންކަމުގެ ވާހަކަ ފޭސްބުކްގައި ހިއްސާކޮށްފައެވެ.

ގުޅުންހުރި ޚަބަރު