ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ޗައިނާއިން ދަނީ ކަނޑުގެ އަޑީގެ ޗާޓްތައް ކުރަހަމުން
ދުނިޔެ

ޗައިނާއިން ދަނީ ކަނޑުގެ އަޑީގެ ޗާޓްތައް ކުރަހަމުން

އއިބްރާހީމްް ސަމީރު26 މާރިޗު 2025
އެމެރިކާ އެކަހެރކަން އިޚުތިޔާރު ކުރުމާއެކު ޗައިނާއިން ދަނީ ދުނިޔޭގެ ފެންވަރުގައި އެ ޕާޓީގެ ބާރު ފުޅާކުރަމުންނެވެ. ކަނޑުތަކުގައި ޗައިނާގެ ބޯޓުތަކުން ދަނީ އިންޑިއާ އާއި މެލޭޝިއާ ފަދަ ގައުމުތަކުގެ އައްސޭރިފަށާ ކައިރީގައި ކަނޑުގެ އަޑީގެ ޗާޓް ކުރަހަމުންނެވެ. މިއީ ސައިންސަށް ކުރާ ކަމެއް ކަމަށް އެމީހުން ބުނި ނަމަވެސް މިކަމަކީ، ޗައިނާގެ ކަނޑުގެ ސިފައިންގެ ނޭވީ އާއި ކަނޑު އަޑީގެ މައުދަންތައް ނެގުމަށް އެހީތެރިވެދޭނެ މަސައްކަތެއް ކަމަށް ވެސް އެމީހުން ބުނެ އެވެ. ޗައިނާގެ އަވަށްޓެރި ގައުމުތަކުން މިކަމަށް އިހުތިޖާޖު ކުރި ނަމަވެސް ޗައިނާ ދަނީ އެމަސައްކަތުގައި ކުރިއަށެވެ. ޗައިނާގެ ކަނޑުގެ އަމާޒުތައް ފާހަގަކުރެވެނީ ކަނޑުއަޑި މެޕިން ކުރުމުގެ ފުޅާ ދާއިރާއެއްގައި ހިންގާ އޮޕަރޭޝަންތަކުންނެވެ. ސައިންޓިފިކް ރިސާޗްގެ ނިވަލުގައި ޗައިނާގެ ފްލީޓްތަކުން ދަނީ މިޔަންމާ، އިންޑިއާ، ތައިލެންޑް، ސްރީލަންކާ މެލޭޝިއާ، އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކުގެ ކައިރީގައި އޮންނަ ކަނޑުތައް ނިޒާމީ ގޮތެއްގައި ޗާޓް ކުރަމުންނެވެ. ބެއިޖިން އިން ކުރިއަށް ދަނީ އަސްކަރީ އަދި އިގްތިސާދީ ބޭނުމަށް ޑޭޓާ ބައްކުރާ ގޮތަށެވެ. ކަނޑުއަޑީގެ މެޕިންގ އިން އަޑީގައި އޮއި ހިނގާ ގޮތާއި ފިނިހޫނުމިނާއި، ލޮނުގަނޑާ ބެހޭ އަގުހުރި މައުލޫމާތު ލިބިގެންދެއެވެ. މިއީ ކަނޑުގެ ސިފައިންގެ ޤާބިލުކަން އިތުރުކުރެވޭނެ ޑޭޓާއެވެ. މިސާލަކަށް ކަނޑުއަޑީގައި އަޑު ދަތުރުކުރާ ގޮތް ދެނެގަތުމަކީ އެހެން އުޅަނދުތަކަށް ނުފެންނަ ގޮތަށް ސަބްމެރިން ސްޓެލްތް ޓެކްނޮލޮޖީއާއި ސޮނާ ޕްރެސިޝަން ޓެކްނޮލޮޖީއަށް  ވަރަށް މުހިންމު ކަމެކެވެ. މި މައުލޫމާތުގެ ޚަޒާނާ އެއްކޮށްލުމުން ސަރަހައްދީ ހަމަޖެހުމަށާއި ދުނިޔޭގެ ސުލްހައަށް ނުރައްކާވެދާނެ ކަމަށް ތަޖުރިބާކާރުން ވަނީ އިންޒާރު ދީފަ އެވެ. ބޭރު ޖައްވުގައި ވެސް ޗައިނާއިން ވަނީ ބާރުގަދަ ސެޓެލައިޓުތައް ފޮނުވައި ފަޒާގައި ވެސް ބާރުގަދަ ކުރަމުންނެވެ. އެ މަސައްކަތަކީ އެއީ ލޭޒަރ ބޭނުންކޮށްގެން އެތައް ހާސް މޭލެއް ދުރުގައި ހުންނަ އިންސާނާގެ މޫނުމަތީގެ ކުދިކުދި ތަފްސީލުތައް 100 ކިލޯމީޓަރު ދުރުން ފެންނަ ވަރުގެ ހައި ޑެފިޝަން ކެމެރާ ހަރުކޮށްފައިވާ ސެޓެލައިޓްތަކެކެވެ. މިކަމުގެ ސަބަބުން ޗައިނާގެ ޖާސޫސުކުރުމާމެދު އެހެން ޤައުމުތައް ކަންބޮޑުވެއެވެ. ޗައިނާ އިން ސައިބަރ ސްޕޭސްގައި ޗައިނާގެ ހެކަރުން އެމެރިކާގެ ސިސްޓަމްތަކަށް ހަމަލާދެމުން ދާކަމަށް އެމެރިކައިން ބުނެއެވެ. އެމީހުން އަމާޒުކޮށްގެން ހަމަލަ ދެނީ ކަރަންޓު އުފައްދާ ޕަވަރ ގްރިޑްތަކާއި ސަރުކާރާއި މީޑިއާގެ ވަސީލަތްތަކަށެވެ. ޗައިނާއިން ކަނޑުއަޑީގައިއައި ޖައްވުގައި ހިންގަމުން ގެންދާ އަސަކަރީ ބޭނުންތަކުގެ އަމަލުތަކުން ގިނަ ބަޔަކަށް ނުރައްކާ ވާކަމަށް ބުނެއެވެ. ޗައިނާގެ އަސްކަރީ ބޭނުންތަކަށް ކަނޑާއި ޖައްވާއި އިންޓަނެޓުން ޑޭޓާ އެއްކުރެއެވެ. ޗައިނާއާ މިވަގުތު ވާދަ ކުރެވޭނެ ބޮޑު ބާރެއް ނެތެވެ. އަދި ފާރަވެރިވެ ގާތުން ބަލަން ގައުމުތައް ގުޅިގެން މަސައްކަތް ކުރަން ޖެހެ އެވެ. ރިސްކްތައް ބޮޑުކަމުން ދުނިޔެ އަވަސް އަވަހަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް މުހައްލިލުން ދެކެއެވެ.

ގުޅުންހުރި ޚަބަރު