ދިވެހި|English 9 ޖުލައި 2026 · 04:21
Top banner
Advertisement
ޔޫނުސްގެ ޚާރިޖީ ސިޔާސަތުގައި އިންޑިއާއާ މެދު ހަތުރުވެރިކަން
ދުނިޔެ

ޔޫނުސްގެ ޚާރިޖީ ސިޔާސަތުގައި އިންޑިއާއާ މެދު ހަތުރުވެރިކަން

އއިބްރާހީމްް ސަމީރު3 އޭޕްރީލް 2025
ފުރަމާނަ ދަތުރުތަކުގައި މެހުމާންދާރީ އަދާކުރާ ޤައުމުގައި ވާހަކަ ދައްކަވާއިރު އާންމުކޮށް އެހެން ގައުމުތަކުގެ ނަން ކިޔައި އެ ގައުމުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ ޑިޕްލޮމެޓިކް އާދަކާދައެއް ނޫނެވެ. ނަމަވެސް ޗައިނާއަށް ވަޑައިގަންނަވާ ދެކުނު އޭޝިއާގެ ވެރިންގެ ފުރަމާނަ ދަތުރުފުޅުގައި ނުވަތަ ދަތުރުފުޅާ ގުޅިގެން ޗައިނާ ރުއްސުމަށްޓަކައި އިންޑިއާއަށް ބަދު ބަސް ވިދާޅުވުމުން ނުވަތަ އިންޑިއާއަށް ފާޑު ކިޔުމުގެ ސަގާފަތެއް އޮންނަ ކަން ފާހަގަ ވެއެވެ. ރާއްޖޭގެ ރައީސްގެ ދަތރުފުޅަށްފަހުވެސް އެފަދަ ކަމެއް ފެނިގެން ދިޔައެވެ. މިހާރު އެކަން ފެނުނީ ޗައިނާގައި ހުންނަވައިގެން އިންޑިއާއަށް ފާޑު ވިދާޅުވި ބަނގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ލީޑަރު ޑރ. ޔޫނުސްގެ ފަރާތްޕުޅުންނެވެ. ޔޫނުސް އިންޑިއާއަށް ފާޑު ވިދާޅުވި ދަތުރުފުޅުގައި ޗައިނާއާއެކު 2.1 ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައި ވެއެވެ. އިންޑިއާގެ އިރުއުތުރުގެ ސްޓޭޓްތަކަކީ ކަނޑުމަގުން ބަނގްލަދޭޝްއާ ނުލައި ވަދެވެން އޮންނަ ތަންތަނެއް ނޫން ކަމަށް ވިދާޅުވެ، އިންޑިއާއިން ބަންގްލަދޭޝްއަށް ބަރޯސާވެފައިވާން ޖެހޭކަމަށް ޔޫނުސް ޗައިނާގައި ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވަނީ އެވާހަކައަށް ރައްދު ދެއްވައި ޑރ ޔޫނުސް ދެއްކެވި ވާހަކަ ކުށްވެރިކުރައްވާ ފައެވެ. ޖަޔަޝަންކަރު ވިދާޅުވީ ރައްދު ދެއްވަމުން ބޭ އޮފް ބެންގޯލްގައި އެންމެ ދިގު އައްސޭރިފަށެއް އޮންނަނީ އިންޑިއާގައި ކަމަށެވެ. ބަނގްލަދޭޝްއަކީ އިންޑިއާއަށް އެތައް ގޮތަކުން ބަރޯސާވާ ގައުމެކެވެ. އަދި އަވަށްޓެރި ޤައުމުތަކުގެ ގުޅުމުގެ އުސޫލުން ދެ ގައުމުންވެސް އެއްގައުމު އަނެއް ގައުމަށް ބަރޯސާވެއެވެ. އިންޑިއާއަކީ ބަނގްލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމައިގައި ބައިވެރިވި ޤައުމެވެ. ބޭ އޮފް ބެންގޯލްއަށް އިންޑިއާގެ 6،500 ކިލޯމީޓަރުގެ އައްސޭރިފަށެއް އޮވެއެވެ. އަދި ބޭ އޮފް ބެންގޯލް ހިއްސާ ކުރާ ގައުމުތަކުގެ ޖަމުއިއްޔާ ބިމްސްޓެކް މެދުވެރިކޮށް ސަރަހައްދީ ގުޅުންތަކުގައި އިންޑިއާގެ މުހިންމު ދައުރަށް ވެސް ޖަޔަޝަންކަރު އަލިއަޅުވައި ލެއްވިއެވެ. ޔޫނުސްގެ ވާހަކަތަކުގެ ސަބަބުން އިންޑިއާގެ އިރުއުތުރު ސޓޭޓްތަކުގައި ރުޅިވެރިކަން އުފެދިފައި ބަންގްލަދޭޝްގެ ލީޑަރަށް ފާޑުކިޔުން އަމާޒު ވެފައި ވެއެވެ. ބަނގްލަދޭޝްގެ ސަރުކަރު ވައްޓާލި ފަހުން އިންޑިއާއާއި ބަނގްލަދޭޝްގެ ގުޅުން ވަނީ ވަޅޯވެފައެވެ. އަދި ބަނގްލަދޭޝް އިން ދަނީ އިންޑިއާގެ ބަދަލުގައި ޗައިނާއަކީ ބަނގްލަދޭޝްގެ ތަރައްގީގެ މުހިންމު ބައިވެރިޔާ ކަމަށް ހައްދަވާށެވެ.

ގުޅުންހުރި ޚަބަރު