ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އެމެރިކާއިން ހަނގުރާމައިގެ ޖަރީމާތަކަށް ސަޕޯޓު ކުރުން ހުއްޓާލާތޯ މަސައްކަތް ކުރޭ
ދުނިޔެ

އެމެރިކާއިން ހަނގުރާމައިގެ ޖަރީމާތަކަށް ސަޕޯޓު ކުރުން ހުއްޓާލާތޯ މަސައްކަތް ކުރޭ

އއިބްރާހީމްް ސަމީރު5 އޭޕްރީލް 2025
އެމެރިކާއިން ފަލަސްޠީނުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގުމުގައި އިޒްރޭލާ ބައިވެރިވުން ނިމުމަކަށް ގެނައުމަށް ބާރުއަޅައި ގޮވާލިގޮވާލުމަށް ލިބުނީ 15 މެމްބަރުންގެ ތާއީދެވެ. ކޮންގްރެސްއަށް މިކަމަށް ހުށަހެޅީ މިނިވަން މެމްބަރު ބާނީ ސެންޑާޒް އެވެ. ޑިމޮކްރެޓުންގެ 15 މެމްބަރުން ތާއީދު ކުރިއެވެ. އަދި އަންނަ އިންތިޚާބަށް ކުރިމަތިލާފައި ތިބުމާއެކު އެހެން މެމްބަރުން ވަނީ ޔަހޫދީންގެ އަތުން ކެމްޕޭނަށް ފައިސާ ނުލިބިދާނެތީ ތާއީދު ކުރުމަށް އުޒުރު ވެރިވެފައެވެ. އެމެރިކާގެ ސިޔާސީ މަސްރަހު ކޮންޓްރޯލު ކުރަނީ ޔަހޫދީންގެ އައިޕެކް ޖަމުއިއްޔާއިންނެވެ. މި ޖަމުއިއްޔާއަކީ މިލިއަނުން ޑޮލަރު އަޅައި މެމްބަރުން ގަނެލާ ޖަމުއިއްޔާއެކެވެ. ޓްރަމްޕްގެ ސަރުކާރުން މަސައްކަތް ކުރަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގުމަށް ވާގިވެރިވުމަށް، 9 ބިލިއަން ޑޮލަރުގެ ހަތިޔާރު އިޒްރޭލަށް ފޮނުވާށެވެ. ސެންޑާޒް މަސައްކަތް ކުރައްވަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގައި ޔަހޫދީންނަށް ވާގިވެރިވުން އެމެރިކާއިން ނިމުމަކަށް ގެންނަވާށެވެ.

ގުޅުންހުރި ޚަބަރު