ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އިންޑިއާ ބޮޑު ވަޒީރަށް ލަންކާއިން ހޫނު މަރުޙަބާއެއް
ދުނިޔެ

އިންޑިއާ ބޮޑު ވަޒީރަށް ލަންކާއިން ހޫނު މަރުޙަބާއެއް

އއިބްރާހީމްް ސަމީރު6 އޭޕްރީލް 2025
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ސްރީ ލަންކާއަށް ވަޑައިގެންފިއެވެ. އެ ޤައުމުން ބޮޑުވަޒީރު މޯދީއަށް މަރުޙަބާ ދެންނެވީ ރަތްދޫލާގައި 19 ބަޑީގެ ސަލާމަކުންނެވެ. ބޮޑުވަޒީރު މޯދީއަށް ބަންޑާރަނައިކެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން މަރުޙަބާ ދެންނެވީ ލަންކާގެ ސަރުކާރުގެ އެންމެ ނުފޫޒުގަދަ ފަސް ވަޒީރުންނެވެ. އޭގެ ތެރޭގައި ޚާރިޖީ ވަޒީރު ވިޖިތާ ހެރަތު، ޞިއްޙީ ވަޒީރު ނަލިންދާ ޖަޔަތިސިސްސަ އަދި މަސްވެރިކަމާބެހޭ ވަޒީރު ރަމަލިންގަމް ޗަންދުރަސޭކަރު ހިމެނިވަޑައި ގަންނަވައެވެ. މޯދީއަށް ރަސްމީ އިއްޒަތުގައި މަރުޙަބާ ދެންނެވުން އޮތީ ސްރީލަންކާގެ އިންޑިޕެންޑެންޓް މައިދާނުގައި، ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކޭއާ އެކުގައެވެ. މިއީ ޑިސަނަޔަކޭ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ބޭރު ޤައުމެއްގެ ވެރިއަކު ލަންކާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އަދި މި މައިދާނުގައި ބޭރުގެ އިއްޒަތްތެރިއަކަށް ރަސްމީ ޝަރަފު އެރުވި ފުރަތަމަ ފަހަރެވެ. ލަންކާ ސަރުކާރުން މޯދީއަށް އެރުވި ޝަރަފުގެ ތެރޭގައި، ބޭރު ޤައުމެއްގެ އިއްޒަތްތެރިއަކަށް އެގައުމުން އަރުވާ އެންމެ މަތީ ޝަރަފު - "ސްރީ ލަންކާ މިތުރާ ވިބުޝަނާ" ވެސް ވަނީ އަރުވާފައެވެ. މޯދީގެ މި ދަތުރުފުޅުގައި ލަންކާއާއެކު ވަރަށް މުހިންމު 10 އެއްބަސްވުމެއްގައި ސޮއިކުރައްވާގފައި ވެއެވެ. މީގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ދިފާޢީ އެއްބަސްވުންތަކެވެ. އަދި އިންޑިއާއާއި ސްރީލަންކާ ގުޅިގެން ހިންގާ ސޯލާއިން ހަކަތަ އުފައްދާ ޕްރޮޖެކްވެސް މޮޑީ ވަނީފަށްޓަވައި ދެއްވާފައެވެ. މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ދަތުރުފުޅެއް ކަމަށް ލަފާކުރެވެއެވެ.

ގުޅުންހުރި ޚަބަރު