ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
އިންޑިއާގެ ބޭރު ފައިސާގެ ރިޒާވް 665.4 ބިލިއަން ޑޮލުގައި
ދުނިޔެ

އިންޑިއާގެ ބޭރު ފައިސާގެ ރިޒާވް 665.4 ބިލިއަން ޑޮލުގައި

އއިބްރާހީމްް ސަމީރު9 އޭޕްރީލް 2025
އިންޑިއާގެ ބޭރު ފައިސާގެ ރިޒާވަށް 6.6 ބިލިއަން ޑޮލަރަށް އިތުރު ވުމާއެކު، އިންޑިއާގެ ބޭރު ފައިސާގެ ރިޒާވް 665.4 ބިލިއަން ޑޮލަރަށް އަރައިފިއެވެ. މިއީ ފަސް މަސް ދުވަހުގެ ތެރޭގައި އިންޑިއާގެ ބޭރު ފައިސާއަށް ލިބުނު އެންމެ ބޮޑު އިތުރުވުމެވެ. އަދި މިދިޔަ 3 ހަފްތާ އެއްކޮށްގެން ބަލާއިރު، ރިޒާވަށް ވަނީ 20.1 ބިލިއަން ޑޮލަރު އިތުރުވެފަ އެވެ. ރިޒާވް ބެންކު އޮފް އިންޑިއާއިން ބުނާ ގޮތުގައި މިއީ އަހަރު ދުވަހުގެ އިމްޕޯޓު ކަވަރު ކުރެވޭ ވަރުގެ އަދަދެކެވެ. ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި ފަހަކަށް އައިސް އިންޑިއާގައި ފައިސާގެ އަގު ވެއްޓިފައި ވަނީ އިންޑިއާގެ ހިއްސާގެ ބާޒާރުތަކަށް އިތުބާރު ކުޑަވުމުން ނެވެ. ނަމަވެސް މިހާރު އެކަން ވަނީ މާޒީވެ ގޮސްފައެވެ.

ގުޅުންހުރި ޚަބަރު