ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އުއިގޫރުން ފާހަގަކުރަނީ ބާރިން ބާޣީ އިންގިލާބަށް 35 އަހަރު ފުރުން
ދުނިޔެ

އުއިގޫރުން ފާހަގަކުރަނީ ބާރިން ބާޣީ އިންގިލާބަށް 35 އަހަރު ފުރުން

އއިބްރާހީމްް ސަމީރު9 އޭޕްރީލް 2025
އެޕްރީލް މަހަކީ އެތައް ދިމާއެއްގައި ލޭ އޮހޮރުވުން ހިނގާފައިވާ މަހެކެވެ. ބަނގްލަދޭޝްގެ ގަތުލުއާންމާއި ރުވަންޑާގެ ގަތުލުއާންމު ވެސް ހިނގފައި ވަނީ މިމަހުއެވެ. މި މަހުގެ 5 ވަނަ ދުވަހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުއިގޫރުން ފާހަގަ ކުރާ ދުވަހެކެވެ. މިއީ ޗައިނާގެ ކޮންޓްރޯލްގެ ދަށުގައިވާ އިރުމަތީ ތުރުކީސްތާން (ޝިންޖިއާންގް) ގެ ބާރިން އަވަށުގައި 1990 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 5 ވަނަ ދުވަހު ފެށުނު ބާރިންގެ ބަޣާވާތުގެ އިންގިލާބަށް 35 އަހަރު ފުރުން ފާހަގަ ކުރާ މުނާސަބާވެސް މެއެވެ. މިއީ ޗައިނާގެ ޝންޖިއަން މީހުންގެ މެދުގައި އައު ރޫހެއް އާލާވެގެން ދިޔުމުން އުފެދުނު އިންގިލާބެކެވެ. މައޯ ޒެޑޮންގް އަވަހާރަވުމާއި ސަގާފީ އިންގިލާބު ނިމުމުން ޗައިނާއަށް ބަދަލުތަކެއް ފެނިގެން ދިޔައެވެ. މާއޯ އަވަހާރަ ވުމުން އިރުމަތީ ތުރުކީސްތާނުގައި ޖަލުގައި ތިބި އުއިގޫރުގެ ފިކުރީ މީހުންނާއި އިލްމުވެރިންނާއި ލީޑަރުން މިނިވަން ކުރިއެވެ. އަދި އުއިގޫރު ބަހުން ލިޔުމުގެ އަކުރު އަލުން އާލާކުރެވުނެވެ. ތަޢުލީމާއި އަދަބިއްޔާތާއި ފަންނުތަކާއި ދީން ކުރިއަރާފައިވާއިރު، އަބްދުއްރަހީމް އޮޓްކޫރުގެ “ޓްރޭސް” އާއި ތުރުޣޫން އަލްމާސްގެ “އުއިޣޫރު” ފަދަ މަސައްކަތްތަކުން ޤައުމީ ފަޚުރުވެރިކަން އިތުރުވެގެން ދިޔައެވެ. މިސްކިތްތައް އަލުން ބިނާކުރިއެވެ. ދީނީ ތައުލީމު ދިރުވައި، އުއިގޫރު ހޭލުންތެރިކަމަށް ހިތްވަރު ދިނެވެ. މި ރޫހުގެ ސަބަބުން ޒައިދީން ޔޫސުފް އިސްކޮށް ހުރެގެން ބާރިން އިންގިލާބު އުފެދުނެވެ. ނޮވެމްބަރު 1989 ގައި ޗައިނާގެ ވެރިކަމާ ދެކޮޅަށް ހަތިޔާރު އެޅި ބަޣާވާތަކަށް ފައްކާ ކުރަމުން ބާރިންގައި “އީސްޓް ތުރުކީސްތާން އިސްލާމިކް ޕާޓީ” އުފެއްދިއެވެ. އެ ޕްލޭނުގެ ދަށުން 1990 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު އަކްޓޯ ކައުންޓީގެ ޕޮލިސް ސްޓޭޝަނަކަށް ހަމަލާދިނެވެ. އަދި ހަތިޔާރު އަތުލައިގަނެ، ކަޝްގަރަށް ހިނގާލުން ބޭއްވި އެވެ. މި މުނަސަބާ ފާހަގަ ކުރަނީ އެކަމުގައި އުއިގޫރު މީހުންނާ ދެކޮޅަށް ޗައިނާއިން ބާރުގެ ބޭނުން ކުރި ގޮތާ ހެދިއެވެ.

ގުޅުންހުރި ޚަބަރު