ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ޕާކިސްތާންގެ ގޭންގް ރޭޕް މައްސަލަތާ ދެކޮޅަށް ފިޔަވަޅު އަޅަނީ
ދުނިޔެ

ޕާކިސްތާންގެ ގޭންގް ރޭޕް މައްސަލަތާ ދެކޮޅަށް ފިޔަވަޅު އަޅަނީ

އއިބްރާހީމްް ސަމީރު16 އޭޕްރީލް 2025
މުޅި ޕާކިސްތާނުގައި ގޭންގް ރޭޕްގެ މައްސަލަތައް އިތުރު ވުމުން އެކަން ހައްލު ކުރުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ފަށާފައި ވެއެވެ. ޕާކިސްތާނުގެ ދާޚިލީ ވުޒާރާއިން 2025 ވަނަ އަހަރަށް ހާމަކުރި ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު 2،142 ގޭންގް ރޭޕް ހިނގާފައި ވެއެވެ. އަދި ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ 4،472 މައްސަލަ ރިޕޯޓްކޮށްފައި ވެއެވެ. ޕަންޖާބު ޕްރޮވިންސުގައި އެކަނި ވެސް 2،046 ގޭންގް ރޭޕް ގެ މައްސަލަ ފާހަގަ ވެފައި ވެއެވެ. ގޭންގް ރޭޕަށް މަޝްހޫރު ސަރަހައްދު ތަކަކީ، ވެރިރަށް އިސްލާމްއާބާދައި ޚައިބަރު ޕަޚްތުންޚްވާ، ބަލޫޗިސްތާން އަދި ގިލްގިޓް-ބަލްޓިސްތާން އެވެ. ޕާކިސްތާންގައި 100 އެތި ފަހަރުން ހައްދުގެ ޙުކުމް ތަންފީޒު ކުރިނަމަވެސް މި ޖަރީމާ ހިންގަމުން ގެންދެއެވެ. އަދި ޕާކިސްތާންގައި ބައިމަދު މީހުންނަށް ޖިންސީ ގޯނާ ކުރުމުގެ ސަގާފަތެއް އޮންނަ ކަމަށްވެސް ރިޕޯޓް ކޮށްފައި ވެއެވެ. އަދި ރޭޕްކޮށްގެން ކުށް ސާބިތު ވަނީ މަދު ނިސްބަތެއްގައެވެ. މިކަމުގައި ފުލުހުންގެ ފަރުވާ ކުޑަކަން ސަރުކާރުން ފާހަގަ ކުރެއެވެ.  

ގުޅުންހުރި ޚަބަރު