ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ލޭޒާ ބޭނުންކޮށްގެން ޑްރޯނަށް ހަމަލަ ދޭ ނިޒާމެއް ތައާރަފް ކޮށްފި
ދުނިޔެ

ލޭޒާ ބޭނުންކޮށްގެން ޑްރޯނަށް ހަމަލަ ދޭ ނިޒާމެއް ތައާރަފް ކޮށްފި

އއިބްރާހީމްް ސަމީރު17 އޭޕްރީލް 2025
އިންޑިއާގެ ޑިފެންސް ރިސަރޗް އެންޑް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން (ޑީ.އާރް.ޑީ.އޯ) އިން ތައްޔާރުކޮށްފައިވާ ބާރުގަދަ ލޭޒަރް ގެ މައްޗަށް ބިނާކޮށްފއިވާ ޑައިރެކްޓެޑް އެނަރޖީ ވެޕަން (ޑީ.އީ.ޑަބްލިއު) ހަތިޔާރު ކާމިޔާބުކަމާއެކު ތަޖުރިބާކޮށްފިއެވެ. ކުރްނޫލްގައި ތަޖުރިބާކުރެވުނު މި ޓެސްޓްގައި އުޅަނދެއްގައި ހަރުކޮށްފައިވާ އެމް.ކޭ-II(އޭ) ސިސްޓަމުން ޑްރޯނެއް ނައްތާލާފައި ވެއެވެ. އަދި ގިނަ އަދަދެއްގެ ޑްރޯންތަކަށް އެއްފަހަރާ ހަމަލަދީ، އޭގެ އޮނިގަނޑުތަކާއި ސެންސަރުތަކަށް ގެއްލުން ދިނުން ކާމިޔާބު ކަމާއެކު ޓެސްޓް ކުރެވުނެވެ. މި ތަޖުރިބާއިން އިންޑިއާ ވަނީ އެމެރިކާ، ރަޝިއާ އަދި ޗައިނާ ފަދަ ކުރިއަރާފައިވާ ލޭޒަރް ބޭނުންކޮށްގެން ހަމަލަ ދޭ ޑައިރެކްޓް އެނާޖީ ވެޕަން  ޓެކްނޮލޮޖީ ލިބިފައިވާ މަދު ޤައުމުތަކުގެ ތެރޭގައި ހިމެނިފައެވެ. ޑީ.އާރް.ޑީ.އޯގެ ސެންޓަރ ފޮރ ހައި އެނަރޖީ ސިސްޓަމްސް އެންޑް ސައިންސަސް (ޗެސް) ގެ ޞިނާޢީ އަދި އެކަޑަމިކް އެއްބާރުލުމާއެކު ތައްޔާރުކޮށްފައިވާ މި ސިސްޓަމުން ހަމަލަ ދޭން އަމާޒުކުރާ ޓާގެޓްތަކަށް ބަރުގަދަ އައްޔާއެކު ފުރިހަމައަށް ކުރިމަތިލެވެއެވެ. އަދި މިއީ ޑްރޯން ބޭނުން ކޮށްގެން ހަމަލަ ދިނުމާ ދެކޮޅަށް ބޭނުން ކުރާ އަގުހެޔޮ، ކުޑަ ގެއްލުމަކުން ސަލާމަތްވާ ވައްތަރުގެ ހަތިޔާރެކެވެ. ޑީ.އާރް.ޑީ.އޯ އިން ދަނީ ކުރިއަރާފައިވާ ދިފާޢީ ޤާބިލުކަން އިތުރު ކުރުމަށްޓަކައި މަތީ ހަކަތަ ބޭނުންކޮށްގެން މައިކްރޯވޭވްގެ ޒަރީއާއިން ބޭނުން ކުރާ އެހެނިހެން މުސްތަޤްބަލުގެ ޓެކްނޮލޮޖީތައްވެސް ތަރައްޤީކުރަމުންނެވެ.

ގުޅުންހުރި ޚަބަރު