ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޓެރަރިސްޓުން ކަމަށް ބެލެވޭ މީހުންގެ ގެތަކަށް ބޮން އަޅަނީ
ދުނިޔެ

ޓެރަރިސްޓުން ކަމަށް ބެލެވޭ މީހުންގެ ގެތަކަށް ބޮން އަޅަނީ

އއިބްރާހީމްް ސަމީރު27 އޭޕްރީލް 2025
ޓެރަރިސްޓް އިންފްރާސްޓްރަކްޗާ ރޫޅާލުމުގެ މަގުސަދުގައި ކަމާބެހޭ ފަރާތްތަކުން ކުރި ވަރުގަދަ ރޭޑެއްގައި ޖައްމޫ ކަޝްމީރުގައި ޓެރަރިސްޓެއް ކަމަށް ޝައްކު ކުރެވޭ އެހެން މީހެއްގެ ގެ ގޮއްވާލައިފިއެވެ. މިއީ ޕަހަލްގަމް ހަމަލާގައި 26 މީހުން މމަރުވުމާ ގުޅިގެން ސެކިއުރިޓީ އޮޕަރޭޝަންގައި ގޮއްވާލި ގެތަކުން ގެއެކެވެ. މި ގެއަކީ، ޕާކިސްތާނުގެ ދަށުގައި އޮންނަ ކަޝްމީރުގެ ފާރޫގު އަހުމަދު ތަދުވާ ކިޔާ މީހެއްގެ ގެއެކެވެ. ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި އިންޑިއާ ސިފައިން ވަނީ ޓެރަރިސްޓުން ނޫނީ ޓެރަރިސްޓުންނާ ގުޅުންހުރި އެތައް ގެތަކެއް ތަޅާލާފައެވެ. ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ ހޮނިހިރު ދުވަހު ސްރީނަގަރުގައި 60 އަށް ވުރެ ގިނަ ތަންތަނަށް ރޭދްކޮށްފައިވާ ކަމަށެވެ. އަދި އެތަންތަނަށް ރޭޑްކޮށްފައި ވަނީ ހަތިޔާރާއި ލިޔެކިޔުންތަކާއި ޑިޖިޓަލް ޑިވައިސްތައް ފަދަ ތަކެތި ހޯދުމުގެ މަގުސަދުގައި ކަމަށް ބުނެފައި ވެއެވެ. ފުލުހުން ވަނީ ޝައްކު ކުރެވޭ މީހުންގެ ފަސްފަހަތުން ދާނެކަމުގެ ޔަގީންޖކަން ދީ ކަޝްމީރަކީ އަމާން ތަނެއްކަމުގައި ހަދާނެ ކަމަށް ބުނެފައެވެ. އަދި ޓެރަރިސްޓުން ކަމަށް ބެލެވޭ ފަރާތްތަކަށް ހަމްދަރުދީވާ މީހުން ޝިކާރަ ކުރާނެ ކަމަށްވސް އިންޒާރު ކޮށްފައި ވެއެވެ. ޓެރަރިސްޓް ހަމަލަ ދީފައި ވަނީ އަނަންތަނާގް ޑިސްޓްރިކްޓްގެ ޕަހަލްގަމްގެ އުސް ބިންތަކުގައި ހިމެނޭ 'މިނީ ސްވިޒަލެންޑް' ގެ ނަމުން ނަންދީފައިވާ އަދި ފަތުރުވެރިންގެ ހިތްގައިމު މަރުކަޒަކަށެވެ. ބައިސާރަން އަށް ޓެރަރިސްޓުން ދިން ހަމަލާގައި ބަޑިޖަހައި 26 މީހުން މަރާލާފައި ވެއެވެ. އެމީހުންނަކީ އެހެން ސްޓޭޓްތަކުގެ ޗުއްޓީ ހޭދަކުރަން ދިޔަ މީހުންނެވެ. މި ހާދިސާގެ ސަބަބުން އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދު ޓެންޝަން ބޮޑުވެފައި ވެއެވެ. އަދި އެއްބަސްވުންތައް ދެ ފަރާތުންވެސް އުވާލައި މުޅި ސަރަހައްދު ނުތަނަވަސްކަމަކަށް ވައްޓާލާފައި ވެއެވެ. ޕާކިސްތާނުން ވަނީ އިންޑިއާއިން އިސްވެ އެޅި ފިޔަވަޅަކަށް ފިޔަވަޅެއް އަޅާފައެވެ.

ގުޅުންހުރި ޚަބަރު