ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ވަގާ އަޓާރީ ބޯޑަރު ބަންދުކޮށް ގޭޓްގައި ތަޅުއަޅުވައިފި
ދުނިޔެ

ވަގާ އަޓާރީ ބޯޑަރު ބަންދުކޮށް ގޭޓްގައި ތަޅުއަޅުވައިފި

އއިބްރާހީމްް ސަމީރު28 އޭޕްރީލް 2025
ޕަހަލްގަމް ހަމަލާއަށް ފަހު އުފެދުނު ހަމަނުޖެހުމާއެކު އިންޑިއާ އާއި ޕާކިސްތާނުގެ ބޯޑަރު ހަފްލާ ވެސް މިހާރު ވަނީ ފަނޑު ވެގެން ގޮސްފައެވެ. އިންޑިއާ އާއި ޕާކިސްތާނާ ދެމެދުގެ އަސްކަރީ ދައްކާލުމެއް ކަމަށްވާ އަޓާރީ-ވާގާ ބޯޑަރުގެ ރަސްމިއްޔާތަކީ ފަތުރުވެރިން ބަލާލުމަށް ހިތްގައިމު މަންޒަރެކެވެ. މައްޗަށް ފައިނަގައިގެން ދުރު ހިނގާލުމާއެކު ދެ ގައުމުގެ ސިފައިން ބާއްވާ ރަމްޒީ މާޗްތައް މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ. އޭޕްރީލް 22 ވަނަ ދުވަހު ކަޝްމީރުގައި ދިން ޕަހަލްގަމްގެ ޓެރަރިސްޓް ހަމަލާއަކީ ޕާކިސްތާނުން ތާއީދު ކޮށްގެން ދީފައިވާ ހަމަލައެއް ކަމަށް އިންޑިއާއިން ބުނެއެވެ. ކަޝްމީރުގައި ދިން ހަމަލާގައި ސައްބީސް މީހުން މަރާފައި ވެއެވެ. އިންޑިއާއިން ބުނަނީ އެމީހުން މަރާފައި ވަނީ އެމީހުންގެ ސީން ކަށަވަރު ކުރުމަށްފަހު ހިންދޫން ކަން ޔަގީން ކުރުމަށްފަހުއެވެ. މަރާލާފައިވާ ފިރިހެނުންގެ ފަޓުލޫނު ބާލައިގެން ޚިތާނު ނުކުރާކަންވެސް ޔަގީން ކޮށްފައި ވެއެވެ. ޕާކިސްތާނުން އެ ތުހުމަތުތައް ދޮގުކޮށް ފައި ވެއެވެ. އެއާ ގުޅިގެން ދެ ފަރާތުންވެސް ވަނީ ވިސާ ކެންސަލް ކޮށް ޑިޕްލޮމެޓުން މަދުކޮށް އަޓާރީ-ވަގާ ބޯޑަރު ބަންދުކޮށް، ދަގަނޑު ގޭޓްތައް ތަޅުލާފައެވެ. އަޓާރީ ވަގާ ބޯޑަރުގެ ސިފައިންގެ މާޗް ބަލާލުމަށް ދުވާލަކަށް ފަސް ހާސް މީހުން ޖަމާވެއެވެ. މިހާރު ދެގައުމުގެ އަސްކަރީ ހާލަތު ގޯސްވެ، ސިފައިން ތައްޔާރީ ހާލަތުގައި ބާއްވާފައި ވެއެވެ. 1947 ވަނަ އަހަރު އިންޑިއާ ބައިކުރުމަށްފަހު ބޯޑަރު ކަނޑައެޅުމަށްފަހު 1959 ވަނަ އަހަރުން ފެށިގެން ސަގާފަތެއްގެ ގޮތުގައި ކުރިއަށް މި ބޯޑަރު ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައި ވެއެވެ.

ގުޅުންހުރި ޚަބަރު