ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޔޫނުސް އައު ސިޔާސީ ޕާޓީއަކާއެކު ބާރުގަދަ ކުރައްވަނީ
ދުނިޔެ

ޔޫނުސް އައު ސިޔާސީ ޕާޓީއަކާއެކު ބާރުގަދަ ކުރައްވަނީ

އއިބްރާހީމްް ސަމީރު28 އޭޕްރީލް 2025
ބަނގްލަދޭޝްގެ އިދިކޮޅު، ޚާލިދާ ޒިޔާގެ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ޑިމާންޑް ކުރަމުންދަނީ ޑިސެމްބަރު 2025 ގެ ކުރިން އިންތިހާބު ބައްވާށެވެ. މި ގޮވާލުން އައިސްފައި ވަނީ ޑޜ. ޔޫނުސް ހިންގަވާ ބަނގްލަދޭޝްގެ ވަގުތީ ސަރުކާރުން ހިންގާ ގޯސްތައް އިތުރުވަމުން ދިއުމާ ގުޅިގެންނެވެ. ޑރ. ޔޫނުސްގެ ސަރުކާރަށް ޖަމާއަތޭ އިސްލާމީއާއި ނޭޝަނަލް ސިޓިޒަން ޕާޓީއާއި ޒުވާނުންނާއި ކިޔަވާކުދިންގެ ފަރާތުން ތާއީދު ދީފައި ވެއެވެ. ބަނގްލަދޭޝްގައި މިހާތަނަށް ވޯޓުގެ 70އާއި 80 ޕަސެންޓް ހޯދަމުން ގޮސްފައި ވަނީ މަގާމުން ދރުކޮށްފައިވާ ޝެއިޚު ހަސީނާގެ އަވާމީ ލީގުންނެވެ. ނަމަވެސް ޖަމާޢަތުގެ ތާއީދާއެކު ޔޫނުސް ވަނީ އޭނާގެ ވަގުތީ ސަރުކާރުގައި ނޭޝަނަލް ސިޓިޒަން ޕާޓީ (އެންސީޕީ) ޕްރޮމޯޓްކުރުމަށް، ބޭންކިން، މީޑިއާ، އަދި ތައުލީމު ފަދަ މުހިންމު ދާއިރާތަކުގައި އެ ޕާޓީގެ އެކުވެރިންނަށް މަގާމުތައް ދީފައެވެ. ޔޫނުސްއަށް ސަޕޯޓުކޮށްފައިވާ ޖަމާއަތޭ އިސްލާމީ ޕާޓީއަކީ 10 ޕަސެންޓް ވޯޓު ހޯދާ ޕާޓީއެކެވެ. އޭގެ އިތުރުން ޔޫނުސް ވަނީ ޔުނިވާސިޓީ ޕްރޮފެސަރުންނާއި ނޫސްވެރިންގެ އެއްހާހެއްހައި މީހުންގެ ތާއީދު ހޯދުމަށް އެފަރާތްތަކަށްވެސް މަގާމުތައް ދެއްވާފައެވެ. ޔޫނުސްއަކީ ފަގީރުންނަށް އެހީތެރިވެ ދިނުމުގައި އުޅުއްވި ބެންކަރެކެވެ. ނަމަވެސް 2007ގައި ބޭޒާރުވެގެން ދިޔަ އެމެރކާގެ ޖާސޫސީ މައުލޫމާތުން މިހާރު އެނގެނީ، ޔޫނުސްއަކީ ސިޔާސީ މައިދާނަށް ވެންނެވުމަށް ޝައުގުވެރިވި ފަރާތެއް ކަމަށެވެ. މިހާރު ޔޫނުސްގެ ބާރުގަދަ ކުރެއްވުމަށް އޭނާ މަސައްކަތް ކުރައްވަމުން ގެންދަވަނީ އެންސީޕީ ތެރޭން ލައިގެންނެވެ. ނަމަވެސް އެންސީޕީގެ މަގްބޫލުކމަށް ހުރަސް އެޅެނީ ސިޔާސީ ފަރާތްތަކަށް ހަމަލަ ދިނުމާއި މީޑިއާއާއި މުޒާހަރާ ކުރާ މީހުންނަށް ހަމަލަ ދިނުމުންނެވެ. ޔޫނުސްގެ ސަޕޯޓަރުންނަށް ކުރިމަތިވާ ގޮންޖެހުމަކީ ޝެއިޚު ހަސީނާގެ އަވާމީ ލީގެވެ. އަވާމީ ލީގުން ދަނީ، ހިނގާލުންތައް ބާއްވައި ސަޕޯޓު އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ. ލަފާ ކުރެވޭގޮތުގައި އަވާމީ ލީގްގެ ބާރުގަދަ ވުމާއެކު ބަނގްލަދޭޝްގައި ބާއްވާ އިންތިޚާބު ވާދަވެރި ވާނެއެވެ.

ގުޅުންހުރި ޚަބަރު