ދިވެހި|English 10 ޖުލައި 2026 · 00:40
Top banner
Advertisement
އިންޑިއާއިން އެޑްވާންސް ރޭޑާ ސިސްޓަމެއް ބަހައްޓަނީ
ދުނިޔެ

އިންޑިއާއިން އެޑްވާންސް ރޭޑާ ސިސްޓަމެއް ބަހައްޓަނީ

އއިބްރާހީމްް ސަމީރު28 އޭޕްރީލް 2025
އިންޑިއާ އިން 4.5 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުން ރަޝިޔާގެ ޒަމާނީ ވޮރޮނޭޒް އޯވަރ ދަ ހޮރައިޒަން (އޯޓީއެޗް) ރާޑަރު ސިސްޓަމް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. މި ރޭޑާ ސިސްޓަމް ބަހައްޓާނީ ކަރްނާޓަކާގެ ޗިޓްރާދުރުގާގައެވެ. މި ރާޑަރަކީ އޮލަނބަށް 6،000 ކިލޯމީޓަރު އަދި ވަށައިގެން 8،000 ކިލޯމީޓަރުގެ ޑިޓެކްޝަން ރޭންޖެއް ލިބިފައިވާ ރާޑަރެކެވެ. އިންޑިއާ ކަނޑާއި އަދި އެއަށްވުރެ ދުރުގައި ޗައިނާ އާއި ޕާކިސްތާން ފަދަ ދުޝްމަނުންގެ ސްޓެލްތު އެއާކްރާފްޓްތަކާއި ބެލިސްޓިކް މިސައިލް އަދި އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) ވެސް މި ރޭޑާއަށް ވަގުތުން ޓްރެކް ކުރެވޭނެ ކަމަށް ވެއެވެ. ރަޝިޔާގެ އަލްމާޒް-އަންޓޭ އިން އުފެއްދި ވޮރޮނޭޒް ރާޑަރުގައި އަޔަނޮސްފެރިކް ރިފްލެކްޝަން ބޭނުންކޮށްގެން މާދުރުން އަންނަ މިސައިލްތަކަށް އަވަސް އިންޒާރު ދިނުމުގެ ގާބިލުކަން އިންޑިއާއަށް ލިބޭނެއެވެ. މޭކް އިން އިންޑިއާ ޝިއާރުގެ ދަށުން މި ސިސްޓަމްގެ %60 ސާމާނު އުފައްދާނީ ބާރަތު އިލެކްޓްރޯނިކްސް ލިމިޓެޑް (ބީއީއެލް) ފަދަ ކުންފުނިތަކުންނެވެ. މިރޭޑާއިން އެއްފަހަރާ އެތައް ސަތޭކަ ޓާގެޓެއް ޓްރެކް ކުރެވޭނެއެވެ. މިއީ އިންޑިއާގެ މިހާރު ހުރި ސްވޯޑްފިޝް (1،500 ކިލޯމީޓަރުގެ ރޭންޖް) އާއި ގްރީން ޕައިން ރާޑަރުތައް ފުރިހަމަކޮށްދޭ ސިސްޓަމެކެވެ.

ގުޅުންހުރި ޚަބަރު