ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ޕަހަލްގަމް ހަމަލާގައި ޕާކިސްތާންގެ 3 މީހުން ބައިވެރިވޭ
ދުނިޔެ

ޕަހަލްގަމް ހަމަލާގައި ޕާކިސްތާންގެ 3 މީހުން ބައިވެރިވޭ

އއިބްރާހީމްް ސަމީރު28 އޭޕްރީލް 2025
ކަޝްމީރުގެ ޕަހަލްގާމް ވާދީގައި ޓޫރިސްޓުންނަށް ދިން 26 މީހުން މަރުވެފައިވާ ހަމަލާގައި ބައިވެރިވާ މީހުންގެ މައުލޫމާތު ހޯދައި ގަނެވިއްޖެއެވެ. އިންޑިއާގެ ޖާސޫސީ އިދާރާތަކުން ބުނެފައިވަނީ މި ހަމަލާ ދިނީ ލަޝްކަރު-އޭ-ތައިބާއާ ގުޅުން ހުރި ބަޔަކު ކަން ޔަގީން ވާކަމަށާއި އޭގައި ޕާކިސްތާންގެ 3 މީހުން ހިމެނޭ ކަމަށެވެ. އަދި މި ހަމަލާގައި ބައިވެރިވި މީހުންގެ އަދަދު އެ 3 މީހުންނަށް ވުރެން ގިނަ ކަމަށާއި، އެމީހުން ބޭނުންކޮށްފައިވަނީ ޒަމާނީ ހަތިޔާރާއި ޓެކްނޮލޮޖީ ކަމަށް އިންޑިއާއިން ބުނެފައިވެއެވެ. އިންޑިއާއިން އިތުރަށް ބުނެފައިވަނީ މި ހަމަލާ ރާވައި ހިންގީ ޕާކިސްތާނުގައި ތަމްރީނު ލިބިފައިވާ ކަޝްމީރުގެ ހަނގުރާމަވެރިޔާ އަދީލް އަހުމަދު ތޯކަރު ކަމަށެވެ. އަދި އެމީހުން ބޭނުން ކޮށްފައިވާ ހަތިޔާރާއި ގެޛެޓަކީ ސިފައިން ނޫން ބަޔަކަށް ނުލިބޭނެ އެއްޗެއް ކަމަށްވެސް ބުނެއެވެ. އިންޑިއާގެ މި ތުހުމަތުތަކަށް ރައްދު ދެއްވަމުން ޕާކިސްތާންގެ ދިފާއީ ވަޒީރު ޚަވާޖާ އާސިފް ވިދާޅުވެފައިވަނީ މިހާރު ލަޝްކަރޭ ތައްޔިބާ އަކީ އޮޕަރޭޓު ކުރާ ބައެއް ނޫން ކަމަށެވެ. ނަމަވެސް އިންޑިއާއިން ބުނެފައިވަނީ އެއީ ޒިންމާއިން ރެކެން ޕާކިސްތާނުން ބުނާ ވާހަކައެއް ކަމަށެވެ. މި ހަމަލާއާ ގުޅިގެން އިންޑިއާއިން ވަނީ ޕުލްވާމާގައި ހުންނަ ތޯކަރުގެ ގެ ތަޅާލައިފައެވެ. އަދި މި ހަމަލާގައި ބައިވެރިވި މީހުން ހޯދައިދޭ ފަރާތްތަކަށް 24،000 އެމެރިކާ ޑޮލަރުގެ އިނާމެއް ދިނުމަށްވެސް އިންޑިއާއިން ހުށަހަޅާފައިވެއެވެ.   ޕަހަލްގާމްގެ މި ޓެރަރިސްޓް ހަމަލާ އައިސްފައިވަނީ ކަޝްމީރުގައި ފަތުރުވެރިކަން އާލާވެ، އިޤްތިޞާދު ހަމައަކަށް އެޅެމުން ދަނިކޮށެވެ. އިންޑިއާއިން ވަނީ މި ފަހަކަށް އައިސް ކަޝްމީރުގެ އިންފްރާސްޓްރަކްޗަރއަށް ބޮޑެތި އަދަދުތަކުން އިންވެސްޓް ކޮށްފައެވެ. މި ހަމަލާއިން ކަޝްމީރުގެ ފަތުރުވެރިކަމަށާއި އިޤްތިޞާދަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ޚަބަރު