ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އިންޑިއާއިން ޕާކިސްތާނަށް ހަމަލާދީފި، ކުޑަކުއްޖަކު މަރުުވި
ދުނިޔެ

އިންޑިއާއިން ޕާކިސްތާނަށް ހަމަލާދީފި، ކުޑަކުއްޖަކު މަރުުވި

މމުހައްމަދު އަލީ7 މޭ 2025
އިންޑިއާއިން ޕާކިސްތާނަށް ހަމަލާދިނުމުން ރައްދުގައި ޕާކިސްތާނުން ވެސް ހަމަލާދީފިއެވެ. އިންޑިއާއިން ދިން މިސައިލް ހަމަލާގައި ޕާކިސްތާނުން ވަނީ ކުޑަކުއްޖަކު މަރުވެ އިތުރު ބަޔަކު ޒަޚަމްވެފައި ކަމަށް ޕާކިސްތާނުގެ ނޫސްވެރިއަކު ބުންޏެވެ. އޭނާ ބުނީ ރައްދުގައި ޕާކިސްތާނުންވަނީ އިންޑިއާގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފައެވެ. މިހަމަލާގައި ލިބުނު ގެއްލުމެއް އެނގިފައެއް ނުވެއެވެ. ޕާކިސްތާނުން އިންޑިއާއަށް ދިން ހަމަލާގައި ވަނީ އިންޑީއާގެ ދެ ފައިޓަރޖެޓު ވައްޓާލައިފައެވެ. އެހެންނަމަވެސް މިއީ މުޅިން އަދި ޔަގީން ނުވާ ވާހަކައެއް ކަމަށް ޕާކިސްތާނުން މިނޫހަށް މައުލޫމާތު ދިން ނޫސްވެރިޔާ ބުންޏެވެ. އޭނާ ބުނީ އިންޑިއާއިން ވަނީ ޕާކިސްތާނުގެ ތިން ދިމާއަކަށް ހަމަލާދީފައި ކަމަށެވެ. ހަމަލާދީފައިވަނީ ކުދި މިސައިލްތަކުން ކަމަށާއި އެއިން މިސައިލެއް އަމާޒުވި މިސްކިތަށް ވެސް މާބޮޑު ގެއްލުމެއް ލިބިފައި ނުވާކަމަށް އޭނާ ބުންޏެވެ. މި ހަނގުރާމައިގައި ކަންބޮޑުވާންޖެހޭ ކަމަކީ ދެ ގައުމުން ވެސް ނިއުކުލިއަރ ހަތިޔާރު ބޭނުންކޮށްފާނެތީއެވެ. "ހަނގުރާމަ ފުޅާވެ ނިއުކުލިއަރ ހަތިޔާރު ދެގައުމުން ވެސް ބޭނުން ކޮށްފާނެތީ ދުނިޔެވެސް ކަންބޮޑުވޭ. އެހެންނަމަވެސް ނިއުކުލިއަރ ހަތިޔާރު ބޭނުންކުރާނީ ހަނގުރާމަ ފުޅާވެ ދެ ގައުމަށް ލިބޭ ގެއްލުން އިންތިހާއަށް ބޮޑުވާން ފެށުމުން ކަމަށް ނޫސްވެރިޔާ ވަނީ ލަފާކޮށްފައެވެ. މިވަގުތަކީ ހަމަލާތައް މެދުކެނޑިފައިވާ ވަގުތެކެވެ. ހަނގުރާމަ އިތުރަށް ފުޅާވާކަމަށ އިންޑިއާއިން ނޭދެއެވެ. "އެއީ އެކަމުން ދެގައުމަށް ވެސް ލިބޭނޭ ގެއްލުން ވަޒަންކުރެވޭތީ. އެކަމަކު ޕާކިސްތާނުން މިހާރުވަނީ އިންޑިއާއަށް އިންޒާރު ދީފައި އެމީހުންކުރާ ކަމެއްގެ ސަބަބުން ބޮޑު ހަނގުރާމައަކަށް ހިނގައިދާނެކަމަށް. ހިނގާ މާދަމާ (މިއަދު) އިންޑިއާއިން ހަދާ އެއްޗެއް ބަލަމާ. މިހިސާބުން ނިންމާލީތޯ ނުވަތަ ހަނގުރާމަ ކުރިއަށް ގެންދާނީތޯ،" ނޫސްވެރިޔާ ޚުއްރަމްޚާން ބުންޏެވެ. އިންޑިއާގެ ނޫސްވެރިއަކު ބުނީ އިންޑިއާއިން ޕާކިސްތާނާއެކު ހަނގުރާމަ ކުރަން ބޭނުން ނުވާކަމަށެވެ. އެހެންނަމަވެސް ކަޝްމީރުގައި ހަމަލާދިން ޓެރަރިސްޓުން ހޯދައިގެން އެމީހުން މަރާލަން އިންޑިއާ ބޭނުންވާ ކަމަށް އޭނާ ބުންޏެވެ. ކަޝްމީރުގައި ދިން ހަމަލާގައި 26 ފަތުރުވެރިއަކު ވަނީ މަރުވެފައެވެ. އެމީހުން މަރާލުމަށްފަހު ހަމަލާދިން މީހުން ވަނީ ޖަންގަލީގައި ފިލާފައި ކަމަށް އިންޑިއާ ނޫސްވެރިޔާ ބުންޏެވެ. އިންޑިއާއިން ތުހުމަތު ކުރަނީ އެ ހަމަލާގައި ޕާކިސްތާނުގެ ސިފައިންގެ ވެރިޔާގެ އަތެއްވާ ކަމަށެވެ.  

ގުޅުންހުރި ޚަބަރު