ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
އޮޕަރޭޝަން ސިންދޫރަކީ ސިފައިންގެ 3 ގޮފިން ގުޅިގެން ދިން ހަމަލައެއް
ދުނިޔެ

އޮޕަރޭޝަން ސިންދޫރަކީ ސިފައިންގެ 3 ގޮފިން ގުޅިގެން ދިން ހަމަލައެއް

އއިބްރާހީމްް ސަމީރު10 މޭ 2025
އިންޑިއާއިން އޮޕަރޭޝަން ސިންދޫރުގައި އެސްސީއޭއެލްޕީ ކްރޫޒް މިސައިލްތަކާއި ހެމަރ ބޮންތައް ފޮނުވާލީ ރަފަލް ޖެޓްތަކުންނެވެ. އިންޑިއާގެ ވައިގެ ސިފައިން ވަނީ ކަނޑުގެ ސިފައިންނާ ގުޅިގެން މަދުން ނޫނީ ނުފެންނަ ޖޮއިންޓް އޮޕަރޭޝަނެއްގައި ނޭވީގެ އެހީތެރިކަމާއެކު އިންޑިއާގެ ވައިގެ ސަރަހައްދުން ހަމަލަ ދިނުމުގެ އޮޕަރޭޝަން ހިންގާފަ އެވެ. އިންޑިއާ ގަޑިން މެންދަމު 1:44 ގައި ހަމަލާތައް ދިން ކަން ކަށަވަރުކޮށްދެމުން ޑިފެންސް މިނިސްޓްރީން ސިފަކޮށްފައި ވަނީ އަމާޒަށް، ވަޒަންކޮށްގެން، ހަމަލައިގެ ދާއިރާ ފެތުރިގެން ނުދާ ގޮތަށް އަސްކަރީ ހަމަލަތައް ދީފައި ވާނެ ކަމަށެވެ. އިންޑިއާއިން ބުނީ މިއީ ޕާކިސްތާނުން އައިސްފައިވާ ޓެރަރިސްޓް ހަމަލައަށް ބަދަލު ހިފުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ. އަދި ޕާކިސްތާނުން ވަނީ ޓެރަރިޒަމަށް ތާއީދު ނުކުރާ ކަމަށް ބުނެ އިންޑިއާގެ ތުހުމަތުތައް ދޮގުކޮށްފައެވެ. ފަހުން ޕާކިސްތާނުން ވަނީ ޑްރޯން ހަމަލާތަކުން ބަދަލު ހިފުމަށް ހަމަލަތައް ދޭން ފަށާފައެވެ. އިންޑިއާއިން ވަނީ އެކަމާ ދެކޮޅު ހަދާފައެވެ. އެމެރިކާއާއި އިނގިރޭސިވިލާތުން ވަނީ ދެ ގައުމުންވެސް އަސްކަރީ ހަމަލައިގެ ދާއިރާ އިތުރަށް ފުޅާ ނުކުރުމަށް ގޮވާލާފައެވެ. ޕާކިސްތާނުގެ އެކުވެރި ގައުމުތައް ކަމަށްވާ ތުރުކީ އާއި އަޒަރުބައިޖާނުން ވަނީ އިސްލާމްއާބާދުގެ ސިޔާސަތަށް ތާއީދުކޮށްފަ އެވެ. މި ހަމަލަތަކުން ހާމަކޮށްދެނީ، އިންޑިއާއިން ބޯޑަރު ހުރަސްކޮށް ކުރިމަތިވާ ނުރައްކާތައް ނިއުޓްރަލައިޒް ކުރުމަށް ނިންމާފައިވާ އަޒުމެވެ.

ގުޅުންހުރި ޚަބަރު