ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޕާކިސްތާނުން ބުންޔާނުން މަރުސޫސް ފަށައިފި
ދުނިޔެ

ޕާކިސްތާނުން ބުންޔާނުން މަރުސޫސް ފަށައިފި

އއިބްރާހީމްް ސަމީރު10 މޭ 2025
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަނގުރާމައިގެ ޙާލަތު އިތުރަށް ގޯސްވެއްޖެއެވެ. ޕާކިސްތާނުން "އޮޕަރޭޝަން ބުންޔާނުން މަރުސޫސް" ގެ ނަމުގައި އިންޑިއާގެ ސަރަޙައްދުތަކަކަށް ހަމަލާދިނުމާ ގުޅިގެން، އިންޑިއާއިން ވަނީ ޕާކިސްތާނުގެ ތިން އެއާބޭސްއަކަށް ހަމަލާދީފައެވެ. އިންޑިއާ ސަރުކާރުގެ މަޞްދަރުތަކުން ބުނާ ގޮތުގައި، ޕާކިސްތާނުން ޖަމްމޫ އެންޑް ކަޝްމީރުގެ ޕޫންޗް އަދި އުރީ ސަރަޙައްދުތަކަށް ހަމަލާދިނުމާ ގުޅިގެން، ޖަމްމޫގައި ޖެހިޖެހިގެން ދެ ދުވަހު ސައިރަން އަޅާފައިވެއެވެ. އަދި އެ ސަރަޙައްދުގައި ގޮވުމުގެ އަޑުތައް އިވި، ދެ ރޭ ވަންދެން ކަރަންޓު ކަނޑާލާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. މި ހާދިސާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ރިޔާސަތުގައި، އެ ޤައުމުގެ އެއްގަމު، ކަނޑު އަދި ވައިގެ ސިފައިންގެ އިސްވެރިންނާއެކު މަތީ ފެންވަރުގެ ސަލާމަތީ ބައްދަލުވުމެއް ބާއްވާފައިވެއެވެ. ޕާކސްތާނުން ވެސް ދަނީ ބައްދަލު ވުމެއް ބާްވަމުންނެވެ. އިންޑިއާއިން ބުނެފައިވަނީ އެ ޤައުމަށް އައި ހުރިހާ އިންޒާރުތަކެއް ކާމިޔާބުކަމާއެކު ނައްތާލާފައިވާ ކަމަށެވެ. އިންޑިއާ ސިފައިންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުން، ޕާކިސްތާނުން 36 ތަނަކަށް ޑްރޯން ވައްދަން މަސައްކަތްކޮށްފައިވެއެވެ. އަދި އިންޑިއާއިން ބުނެފައިވަނީ ޕާކިސްތާނުގެ 4 އެއާބޭސްއަކަށް ހަމަލާދީފައިވާ ކަމަށެވެ. މި ހާދިސާއާ ގުޅިގެން، އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭއޭއައި) އިން ވަނީ މެއި 9 އިން 14 އަށް އިންޑިއާގެ އުތުރާއި ހުޅަނގުގެ 32 އެއާޕޯޓެއް ސިވިލް ފްލައިޓްތަކުގެ ހުރިހާ އޮޕަރޭޝަނަކަށް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށް އިޢުލާންކޮށްފައެވެ. މީގެ އިތުރުން، އިންޑިއާގެ ހޮސްޕިޓަލްތަކުން ވަނީ މުވައްޒަފުންގެ ޗުއްޓީތައް ކެންސަލްކޮށް، އެންމެން ވަޒީފާއަށް ނިކުންނަން އަންގަން ފަށާފައެވެ. މި ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ހަނގުރާމައިގެ ޙާލަތާ ގުޅިގެން ޖީ 7 ގެ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ދެ ޤައުމަށް ވެސް ހަމަޖެހުމަށް ގޮވާލާފައެވެ. މި ހާދިސާގެ ސަބަބުން އެ ސަރަޙައްދުގެ ސުލްޙަ އަދި ސަލާމަތަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ޚަބަރު