ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ޕާކިސްތާނުން ދިން ހަމަލާގެ މައުލޫމާތު ދީފި
ދުނިޔެ

ޕާކިސްތާނުން ދިން ހަމަލާގެ މައުލޫމާތު ދީފި

އއިބްރާހީމްް ސަމީރު10 މޭ 2025
ހަމަލަތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމުގައި ބައިވެރިވެފައި ވަނީ ވިކްރަމް މިސްރީ އަދި ސިފައިންގެ ވިންގ ކޮމާންޑަރ ވިޔޯމިކާ ސިންގ އަދި ކާނަލް ސފިއްޔާ ޤުރައިޝީ އެވެ. އަމްރިޓްސާ އާއި އެހެނިހެން އިންޑިއާގެ ސިޓީތަކަށް އަމާޒުކޮށްގެން ދެމުންދާ ހަމަލާތައް ހިމެނޭ ގޮތަށް، މަދަނީ އަދި އަސްކަރީ އިންފްރާސްޓްރަކްޗަރއަށް އަމާޒުކޮށްގެން ހިންގަމުންދާ ސިލްސިލާ ހަމަލާތަކާ ގުޅޭ ގޮތުން  ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވަނީ ޕާކިސްތާނަށް ފާޑުވިދާޅުވެފައެވެ. އިންޑިއާއިން އަމިއްލަ ސަރަހައްދަށް ހަމަލާދޭ ކަމަށް ޕާކިސްތާނުން ދައްކާ ވާހަކަތައް މިސްރީ ވަނީ ދޮގުކުރައްވާފައެވެ. އަދި ނަންކާނާ ސާހިބު ގުރުދުވާރާއަށް ޑްރޯން ހަމަލާއެއް ދިނުމާ ގުޅޭ ގޮތުން ޕާކިސްތާނުން ދޮގު މަޢުލޫމާތު ފެތުރުމަށް ކުރާ މަސައްކަތްތައްވެސް އޭނާ ވަނީ ކުށްވެރި ކުރައްވާފައެވެ. މިސްރީ ވިދާޅުވި ގޮތުގައި ޕާކިސްތާނުން މަސައްކަތް ކުރަނީ މި ހަމަލާތަކަށް ދީނީ ކުލަވަރެއް ޖައްސަން ކަމަށާއި، ޕާކިސްތާނުގެ "ޕްރޮވޮކޭޓިވް އަދި އެސްކަލޭޓަރީ އަމަލުތައް" އޭނާ ވަނީ ކުށްވެރިކުރައްވާފައެވެ. އިންޑިއާން ބުނެފައިވަނީ ޕާކިސްތާނުން އެ ޤައުމުގެ ސިފައިން ބޯޑަރުގެ ކުރީ ސަރަޙައްދުތަކަށް ޖެހެމުންދާ ކަމަށެވެ. މިއީ 1999 ވަނަ އަހަރުގެ ކަރްގިލް ހަނގުރާމައަށް ފަހު ފުރަތަމަ ފަހަރަށް ޕާކިސްތާން ސިފައިން ބޯޑަރުގައި ކުރިއަށް ޖެހުނު ފަހަރެވެ. ނަމަވެސް އިންޑިއާގެ ސިފައިން ތައްޔާރަށް ސަމާލުވެ ތިބި ކަމަށް ބުނެއެވެ. މިއަދު ހެނދުނު ނޫސްވެރިންނާ ވާހަކަ ދައްކަމުން، ޕާކިސްތާނުން 4 ސްޓޭޓެއްގައި ހުރި 26 އަސްކަރީ މަރުކަޒަކަށާއި މަދަނީ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާދިން ކަމަށް ބުނެފައި ވެއެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި މިސްރީ ވިދާޅުވި ގޮތުގައި، ހެނދުނުގެ ވަގުތެއްގައި ޕާކިސްތާނުން ދިން ހަމަލާއެއްގައި ސްކޫލް ދަރިވަރުން ދެމީހުންގެ ފުރާނަ ގެއްލި، އެ ކުދިންގެ މައިންބަފައިންނަށް އަނިޔާވިއެވެ. އަދި ބިންގަރާއެއްގައި ރައްކާތެރިކަން ނުހޯދިނަމަ، އިތުރު ގެއްލުންތަކެއް ލިބުނީސް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އިންޑިއާ ސަރުކާރުން ބުނެފައިވަނީ އިންޑިއާއިން ޕާކިސްތާނުގެ 6 އެއަރބޭސްއަކަށް އަމާޒުކޮށް ކާމިޔާބު ހަމަލަތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ގުޅުންހުރި ޚަބަރު