ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
މަތިންދާބޯޓުތައް ވައްޓާލި
ދުނިޔެ

މަތިންދާބޯޓުތައް ވައްޓާލި

އއިބްރާހީމްް ސަމީރު12 މޭ 2025
އިންޑިއާގެ އޮޕަރޭޝަން ސިންދޫރުގެ ސަބަބުން ޕާކިސްތާނުގެ ސިފައިންގެ ޖެޓްތައް ތިރިކޮށް އިންޑިއާއިން ބުނާ ޓެރަރިސްޓް ކޭމްޕްތައް ހަލާކުކޮށްލިއެވެ. އޭޕްރީލް 22 ވަނަ ދުވަހު ބޭތާބް ވާދީގައި ދިން ޕަހަލްގަމްގެ ޓެރަރިސްޓް ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން މެއި މަހުގެ 7 ވަނަ ދުވަހު ފެށި އޮޕަރޭޝަން ސިންދޫރަކީ ޕާކިސްތާނުގެ އަސްކަރީ އަދި ޓެރަރިސްޓުން ގެންގުޅޭ ކަމަށް ބުނާ އިންފްރާސްޓްރަކްޗަރަށް ބޮޑު ގެއްލުމެކެވެ. ޕާކިސްތާނާއި ޕާކިސްތާނުގެ ދަށުގައިވާ ކަޝްމީރުގެ ނުވަ ތަނެއްގައި އިންޑިއާ ސިފައިން ވަނީ ހަމަލަދީ ޕާކިސްތާނުގެ 35އާއި 40 މީހުން މަރާލައިފައެވެ. އަދި، 11 ވައިގެ މަރުކަޒު ނައްތާލައިފައެވެ. އިންޑިއާއިން ވަނީ އެހެން ރިޕޯޓެއްގައި، ޔޫސުފް އަޒްހަރު ފަދަ މުހިންމު 100 އަށް ވުރެ ގިނަ ޓެރަރިސްޓުން ނައްތާލި ކަމަށް ބުނެފައެވެ. އިންޑިއާގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ޖައިޝޭ މުހައްމަދާއި ލަޝްކަރޭ ތައިބާއާ ގުޅުން ހުރި ޓެރަރިސްޓް ކޭމްޕްތަކަށް ކަމަށް އިންޑިއާއިން އިއުލާން ކުރިއެވެ. އަދި އިސްލާމްއާބާދު ކައިރީގައި އޮންނަ ރަފީގީ އާއި މުރީދު ފަދަ އެއާ ބޭސްތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވެއެވެ. އިންޑިއާގެ އެއާ މާޝަލް އޭކޭ ބާތީ ވަނީ އިންޑިއާގެ ވައިގެ ސަރަހައްދަށް ވަން، ޕާކިސްތާނުގެ އެތައް މަތިންދާބޯޓެއް ވައްޓާލިކަން ކަށަވަރުކޮށްދީފައެވެ.  ނަމަވެސް ހަނގުރާމައިގެ ތެރެއިން އިންޑިއާގެ ޖެޓްތައް ގެއްލިފައިވާ ކަމަށް އެއްބަސްވެ، އަދި ހުރިހާ ޕައިލެޓުން ވެސް ސަލާމަތުން އެނބުރި އައިސްފައިވާ ކަމަށް ބުނެފައި ވެއެވެ. ރަފާއެލްސް އާއެކު އިންޑިއާގެ ފަސް ޖެޓެއް ވައްޓާލި ކަމަށް ޕާކިސްތާނުން ބުނާ ވާހަކަތައް އަދިވެސް ޔަގީން ކުރެވިފައެއް ނުވެއެވެ. އިންޑިއާގެ އެސް-400 ޑިފެންސް ޔުނިޓްތަކާއި ބްރަހަމޯސް މިސައިލްތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަން ހުއްޓުނީ ޕާކިސްތާނުން މެއި މަހުގެ 10 ވަނަ ދުވަހު ހަނގުރާމަ ހުއްޓާލުމަށް އެދުމުންނެވެ. އެއަށްފަހުވެސް ދެފަރާތުން ހަމަލއް ބަދަލު ކުރިއެވެ. އަދި  ފަސް އިންޑިއާގެ މީހަކު މަރުވިއެވެ. ނަމަވެސް ޕާކިސްތާނާއި އިންޑިއާއިން ބުނަނީ، އިސްތިގުލާލު ހިމާޔަތް ކުރުމަށް އަޒުމް ކަނޑައަޅާފައިވާ ކަމަށާއި ނިއުކްލިއަރ ނުރައްކަލަކަށް ވެއްޓިޔަ ނު ދޭނެ ކަމަށެވެ.  

ގުޅުންހުރި ޚަބަރު