ދިވެހި|English 9 ޖުލައި 2026 · 05:11
Top banner
Advertisement
ބޯޓެއް ފައްތާލައިގެން ދުނިޔޭގެ އެންމެބޮޑު މަސްނޫއީފަރު ބިނާކުރަނީ
ދުނިޔެ

ބޯޓެއް ފައްތާލައިގެން ދުނިޔޭގެ އެންމެބޮޑު މަސްނޫއީފަރު ބިނާކުރަނީ

އއިބްރާހީމްް ސަމީރު12 ސެޕްޓެމްބަރު 2024
ދުނިޔޭގެ އެންމެ ބޮޑު މަސްނޫއީ ފަރު އެމެރިކާގެ ފްލޮރިޑާގައި ބިނާ ކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. އެކަން ކުރުމަށް ފްލޮރިޑާގެ އޮކަލޫސާ ކައުންޓީން ނިންމާފައި ވަނީ މީހުން އުފުލާ ބައު ބޯޓެއް ފައްތާލައިގެންނެވެ. އެހެންނަމަވެސް ކައުންޓީގެ ކައުންސިލުން މިހާރުވަނީ މި މަސައްކަތް ފަސްކޮށްފައެވެ. ސަބަބެއް ހާމައެއް ނުކުރެއެވެ. ފައްތާލުމަށް ރާވާފައިވާ ބޯޓަކީ، އެމެރިކާގައި މިހާތަނަށް އުފެއްދި އެންމެ ބޮޑު ފަސިންޖަރު ބޯޓެވެ. އެ ބޯޓު، ފުރަތަމަ ދަތުރު ފަށައިފައިވަނީ 1952 ވަނަ އަހަރު އެސްއެސް އެމެރިކާއިންނެވެ. ފުރަތަމަ ދަތުރުގައި މީހުން ގޮވައިގެން އެޓްލާންޓިކް ކަނޑު ހުރަސްކޮށް އެބޯޓުވަނީ ރެކޯޑް މުގުރާލައިފައެވެ. ދުވަސްވެފައިވާ މިބޯޓު ކަނޑުފައްތާލަނީ އެނޫން ގޮތެއް ނެތިގެންނެވެ. އެއީ، ބަނދަރުގައި ބޯޓު ބާއްވައިގެން، އެއަށް ދައްކަން ޖެހޭ ފީތައް ދެއްކުމުގައި މައްސަލަތަކެއް ދިމާވެފައިވާތީއެވެ. އެހެންކަމުން ސެޕްޓެމްބަރު 12 ގެ ކުރީން އެއާ މެދު ޢަމަލު ކުރާނޭ ގޮތެއް ނިންމަން ޖެހެއެވެ. މި ބޯޓަކީ، ޓައިޓެނިކަށް ވުރެ 100 ފޫޓު ދިގު ބޯޓެކެވެ. ފްލޮރިޑާގެ އޮކަލޫސާ ކައުންޓީގެ އޮފިޝަލުން އުންމީދު ކުރަނީ އެސްއެސް އެމެރިކާ ފައްތާލައިގެން އެމީހުންއުޅޭ ސަރަޙައްދުގެ އައްސޭރިފަށުގައި ދުނިޔޭގެ އެންމެ ބޮޑު މަސްނޫއީ ފަރު ބިނާކުރުމަށެވެ. އެ ފައްތާލައިގެން މަސްމަހާމެއްސާއި މުރަކަ އާލާކޮށް، ޑައިވަރުންނަށް އާދަޔާ ޚިޔާލު މުއްސަނދި ކަނޑުގެ ވެށްޓެއް ދައްކާލުމަކީ އެމީހުންގެ އުންމީދެވެ. މި ކަމުގެ ސަބަބުން މި ސަރަހައްދަށް އަހަރަކު އެތައް މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނޭ ކަމަށް ވެސް ލަފާކުރެވެއެވެ. އޭގެ ސަބަބުން އާމްދަނީ ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވެއެވެ. މި ސަރަހައްދަކީ މިހާރުވެސް 500އަށް ވުރެން ގިނަ މަސްނޫއީ ފަރުތަކުން މުއްސަދި ސަރަޙައްދެކެވެ.

ގުޅުންހުރި ޚަބަރު