ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޗައިނާއިން ހިޖުރަކުރާ މީހުންގެ އެންމެ މަގުބޫލު މަންޒިލަކީ ޖަޕާން
ދުނިޔެ

ޗައިނާއިން ހިޖުރަކުރާ މީހުންގެ އެންމެ މަގުބޫލު މަންޒިލަކީ ޖަޕާން

އއިބްރާހީމްް ސަމީރު11 ސެޕްޓެމްބަރު 2024
ޗައިނާ ދޫކޮށް ހިޖުރަކުރާ ގިނަމީހުންގެ މަޤްބޫލު މަންޒިލަކަށް ވެފައި ވަނީ ޖަޕާނެވެ. އެމެރިކާއިން ޗައިނާ މީހުންނާމެދު ޝައްކުގެ ނަޒަރަކުން ބެލުމާއި އަދި އެމެރިކާ އިމިގްރޭޝަނުން އެމީހުންނާ މެދު ހަރުކަށިކޮށް މުޢާމަލާތު ކޮށް، ސުވާލުތައް ގިނަ ކުރާތީ ޗައިނާ މީހުން އެމެރިކާއަށް ހިޖުރަ ކުރާން ބޭނުމެއް ނުވެއެވެ. ޖަޕާނުގެ އާބާދީ މުސްކުޅި ވަމުން ދިއުމާއި، މަސައްކަތް ކުރާނެ އަތްތައް ލިބުން ދަތި ވުމުން، ފާއިތުވި ދިހަ އަހަރު ތެރޭގައި ޖަޕާނަށް ޗައިނާއިން ގިނަބަޔަކު ހިޖުރަކޮށްފައި ވެއެވެ. ޖަޕާނު ސަރުކާރުން ވަނީ ހިޖުރަ ކުރާ މީހުންނާ ދެކޮޅަށް ކުރިން ގެންގުޅުނު ހަރުކަށި ސިޔާސަތު ބަދަލުކޮށްފައެވެ. ޖަޕާނުގެ ވެރިރަށުގައި ބިދޭސީން މިހާރު ހިމެނެނީ  125 މިލިއަން މީހުން ހިމެނޭ އާބާދީގެ ގާތްގަނޑަކަށް %2 އަށެވެ. އަދި 2070 ވަނަ އަހަރުގެ ނިޔަލަށް ޖަޕާނުގައި ބިދޭސިންގެ އާބާދީ %12 އަށް އިތުރު ވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް ޓޯކިޔޯގައި ހުންނަ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޕޮޕިއުލޭޝަން އެންޑް ސޯޝަލް ސެކިއުރިޓީ ރިސާޗުން ބުނެއެވެ. ޖަޕާނަށް އެންމެ ގިނައިން އަލަށް އަންނަނީ ޗައިނާ މީހުންނެވެ. އަދި ޖަޕާނުގައި ދިރިއުޅޭ 3 މިލިއަނަށް ވުރެ ގިނަ ބިދޭސީންގެ ތެރޭގައި މިދިޔަ އަހަރު 822،000 މީހުންނަކީ ޗައިނާ މީހުން ކަމަށް ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ޗައިނާ މީހުންގެ އާބާދީ އުޅުނީ 762،000 ގައެވެ. އަދި ދިހަ އަހަރު ކުރިން އެއަދަދު އުޅުނީ 649،000 ގައެވެ. ޗައިނާގައި 2022 ވަނަ އަހަރު ކުރިއަށް ގެންދިޔަ ޗައިނާގެ "ޒީރޯ ކޯވިޑް" ސިޔާސަތުތަކުގެ ދަށުން އާންމުކުރި ހަރުކަށި ފުރަބަންދާއެކުވެސް ގިނަ އަދަދެއްގެ ޒުވާނުން ޤައުމުން ބޭރުވެގެން ދިޔައެވެ. ޗައިނާއިން ގިނަ އަދަދަކަށް މުއްސަނދިންވެސް ހިޖުރަ ކުރަން ފަށާފައި ވެއެވެ. އިންވެސްޓްމަންޓް މައިގްރޭޝަން ކުންފުނި ހެންލީ އެންޑް ޕާޓްނަރުންގެ ރިޕޯޓެއްގައި ބުނެފައި ވަނީ މިދިޔަ އަހަރު ގާތްގަނޑަކަށް 14،000 މިލިއަނަރުން ޗައިނާއިން ހިޖުރަކުރި ކަމަށެވެ. އެއީ ދުނިޔޭގެ އެއްވެސް ގައުމަކުން މިހާތަނަށް އެންމެ ގިނަ މިލިއަނަރުން ބޭރުވި ޢަދަދެވެ. ޗައިނާގެ ގިނަ މުއްސަނދިން ވަނީ ޓޯކިޔޯގެ ލަގްޒަރީ އުސް އިމާރާތްތަކުން އެޕާޓްމަންޓްތައް ގަނެފައެވެ. ބައެއް ސަރަހައްދުތަކަށް "ޗައިނާޓައުންސް" ނުވަތަ "ޑިޖިޓަލް ޗައިނާޓައުންސް" ގެ ނަން ދީފައިވެ އެވެ. "ޖަޕާނަކީ ބޭރުގެ ހުނަރުވެރިންނަށް ޝައުގުވެރިވާ ޤައުމަކަށް ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމުން އެމީހުން ޖަޕާނުގައި މަސައްކަތް ކުރަން އިޚްތިޔާރު ކުރާނެ،" ޖަޕާނުގެ އިމިގްރޭޝަންގެ ހަރުކަށި ސިޔާސަތުތަކަށް ލުއިތަކެއް ދިނުމަށް ކުރާ މަސައްކަތްތައް އިއުލާން ކުރައްވައި މި އަހަރުގެ ކުރީކޮޅު ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ވިދާޅުވި އެވެ.

ގުޅުންހުރި ޚަބަރު