ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އިންޑިއާއާއި ބުރޫނާއިގެ ސިޔާސީ ގުޅުމަށް ސާޅީސް އަހަރު
ދުނިޔެ

އިންޑިއާއާއި ބުރޫނާއިގެ ސިޔާސީ ގުޅުމަށް ސާޅީސް އަހަރު

އއިބްރާހީމްް ސަމީރު7 ސެޕްޓެމްބަރު 2024
ބުރޫނާއީ އަކީ، އިންޑިއާއިން، ދެކުނު އިރުމަތީ އޭޝިއާގައި ގެންގުޅޭ ލުކް އީސްޓު ޕޮލިސީއާއި އިންޑޯޕެސިފިކް ނަޒަރިއްޔާތުގެ މުހިންމު ބައެއް ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއެވެ. މޯދީ ވަނީ، ބުރޫނާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެގައުމުގެ ރަސްގެފާނު ޙަސަނުލްބުލްޤިޔާއާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާފައެވެ. މޯދީ ވިދާޅުވީ އިންޑިއާއާއި ބުރޫނާއިގެ ސިޔާސީ ގުޅުމަށް 40 އަހަރު ފުރުން މިއަހަރު ފާހަގަކުރަމުންދާއިރު، ދެޤައުމުގެ އެކުވެރިކަމުގެ އަސާސަކީ ދެޤައުމުގެ ސަގާފީ ގާތް ގުޅުން ކަމަށެވެ. މޯދީ، ބުރޫނާއިއަށް ކުރެއްވި ދަތުރުފުޅަކީ، އިންޑިއާގެ ބޮޑު ވަޒީރަކު ބުރޫނާއިއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގެ މެހުމާންދާރީގެ ފުރިހަމަ ކަމުން، މޯދީ ވަނީ، މުޅި ޝާހީ ޢާއިލާއަށް "ހިތުގެ އަޑިން ޝުކުރު ދަންނަވާ ކަމަށް" ވިދާޅުވެފައެވެ. "އަޅުގަނޑުމެންގެ ތެރޭގައި ގަރުނުތަކެއް ކުރިން އޮތް ސަގާފީ ގުޅުންތަކެއް އެބަހުރި. އަޅުގަނޑުމެންގެ ސަގާފީ ތަރިކައަކީ އަޅުގަނޑުމެންގެ އެކުވެރިކަމުގެ އަސާސް. ތިޔަބޭފުޅުންގެ ލީޑަޝިޕްގެ ދަށުން އަޅުގަނޑުމެންގެ ގުޅުންތައް ދުވަހެއް ދުވަހަކަށް ވަރުގަދަވަމުން ދާނެ" ބުރޫނާއީގައި މޯދީ ވިދާޅުވިއެވެ. މޯދީގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ 2018 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުހިއްމު މެހެމާނެއްގެ ގޮތުން ބްރޫނާއީގެ ސުލްތާން އިންޑިއާއަށް ކުރެއްވި ދަތުރުފުޅު އިންޑިއާގެ ރައްޔިތުން ފަޚުރުވެރިކަމާއެކު ހަނދާން ކުރާ ކަމަށެވެ. ދެ ޤައުމުގެ ލީޑަރުންގެ ދެމެދު ބޭއްވި މަޝްވަރާތަކާ ބެހޭ މަޢުލޫމާތު ދެމުން، އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒުން ބުނީ ބޮޑުވަޒީރު މޯދީ އާއި ބްރޫނާއީ ސުލްތާން ޙާޖީ ޙަސަނުލް ބުލްޤިޔާ އާއި ދެމެދު ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުނު ކަމަށާއި ދެޤައުމުގެ ގުޅުން އިތުރަށް ކުރިއަށް ގެންދިއުމަށް ދެބޭފުޅުންވެސް ޝައުޤުވެރިވެ ވަޑައިގަންނަވާ ކަމަށެވެ. "ދެ ލީޑަރުން ވަނީ ޑިފެންސް، ޓްރޭޑް އަދި އިންވެސްޓްމަންޓް، އެނާޖީ، ސްޕޭސް ޓެކްނޮލޮޖީ، ހެލްތު އަދި ފާމަސޫޓިކަލްސް، ކެޕޭސިޓީ ބިލްޑިންގ، ސަގާފަތް އަދި ރައްޔިތުންގެ ފެންވަރުގެ ގުޅުން ފަދަ ދާއިރާތަކުން ދެގައުމުގެ ގުޅުން ވަޒަކުރައްވާފައި. އަދި ދެފަރާތުގެ މަސްލަހަތު ހުރި ސަރަހައްދީ އަދި ދުނިޔޭގެ މައްސަލަތަކުގައި ވެސް ޚިޔާލު ބަދަލު ކުރެއްވި" އެކްޓާނަލް އެފެއާޒް މިނިސްޓްރީން ބުންޏެވެ. ބުރޫނާއަށް ކުރެއްވި ދަތުރުފުޅަށްފަހު މޯދީ ވަނީ ސިންގަޕޫރަށް ވަޑައިގެންފައެވެ.

ގުޅުންހުރި ޚަބަރު