ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އަބްދުލްމަލިކު އަވަހާރަ ކޮށްލަން އިޒްރޭލުގެ އިންޒާރު
ދުނިޔެ

އަބްދުލްމަލިކު އަވަހާރަ ކޮށްލަން އިޒްރޭލުގެ އިންޒާރު

އއިބްރާހީމްް ސަމީރު17 މޭ 2025
އިސްރާއީލުގެ ޑިފެންސް މިނިސްޓަރ އިސްރާއީލް ކާޓްޒް ވަނީ ހޫތީންގެ ލީޑަރު އަބްދުލްމަލިކް އަލްހޫތީ އަވަހާރަކޮށްލުމަށް ޓެރަރިސްޓް ހަމަލައެއް ދޭނެ ކަމަށް އިންޒާރުދީފައެވެ. މި އިންޒާރު ދީފައިވަނީ ފަލަސްޠީނުގެ ލައްދު ސިޓީގައި އިސްރާއީލުން ހަދާފައިވާ ބެންގޫރިއޮން އެއާޕޯޓަށް ދެމުންދާ ހަމަލާތައް ހުއްޓާނުލައިފިނަމަ ކަމަށް ކާޓްޒް ބުނެފައިވެއެވެ. މި އިންޒާރަށް ފަހު، އިސްރާއީލުން ވަނީ ޔަމަނުގައި ހޫތީން ކޮންޓްރޯލްކުރާ ހުދައިދާ އަދި ސަލީފް ބަނދަރުތަކަށް ހަމަލާދީފައެވެ. މި ހަމަލާގައި އިސްރާއީލުގެ 15 ފައިޓާ ޖެޓް މަތިންދާބޯޓު ބޭނުންކޮށްގެން 35 ތަނަކަށް ބޮން އަޅާފައިވާ ކަމަށް ބުނެވެއެވެ. އަދި ތެޔޮ އަޅާ މަތިންދާބޯޓުތަކާއި ޖާސޫސީ މަތިންދާބޯޓުތައް ބޭނުންކޮށް، ބަނދަރުގެ އިންފްރާސްޓްރަކްޗަރ ހަލާކުކޮށްލާފައިވާ ކަމަށް އިސްރާއީލުން މައުލޫމާތު ދީފައިވެއެވެ. އިސްރާއީލުން ބުނާ ގޮތުގައި މި ހަމަލާ ދީފައިވަނީ މެއި 6 އިން ފެށިގެން އިސްރާއީލަށް އަމާޒުކޮށް ދެމުންދާ 7 މިސައިލާއި 2 ޑްރޯން ހަމަލައަށް ބަދަލު ހިފުމުގެ ގޮތުންނެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސަރަހައްދަށް ކުރި ދަތުރުފުޅު ނިމެންދެން މި ހަމަލާތައް ނުދީ ފަސްކޮށްފައިވާ ކަމަށްވެސް އިސްރާއީލުން ބުނެފައިވެއެވެ. މި ހަމަލާތަކާއި އިންޒާރުތަކުގެ ސަބަބުން ސަރަހައްދުގެ ހަމަޖެހުމަށް އިތުރު ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ސިޔާސީ މުހައްލިލުން ލަފާކުރާއިރު، މިހާތަނަށް ސަރަހައްދުގެ ގައުމުތަކުން އަދި ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން މިކކަމާ ގުޅޭ ގޮތުން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. މީގެ ކުރިން ޔަހޫދީން ދިން ޓެރަރިސްޓް ހަމަލގައި ސަނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ހުދައިދާއަށް އަމާޒުކޮށްފައި ވެއެވެ. އެތަންތަން މަރާމާތުކުރުމަށް މަހެއްހާ ދުވަސް ނަގާނެ ކަމަށް ލަފާކުރެވެއެވެ.

ގުޅުންހުރި ޚަބަރު