ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ޕާކިސްތާނަށް ޖާސޫސްކޮށްދިނުން
ދުނިޔެ

ޕާކިސްތާނަށް ޖާސޫސްކޮށްދިނުން

އއިބްރާހީމްް ސަމީރު17 މޭ 2025
ހަރިޔާނާގެ ދަތުރުވެރިކަމުގެ ބްލޮގަރެއް ކަމަށްވާ، ހަރިޔާނާ ހިސާރުގެ ޖްޔޯތީ މަލްހޯތްރާ، ޕާކިސްތާނުގެ އިންޓެލިޖެންސް އޮޕަރޭޓިވުންނާއެކު ޖާސޫސުކޮށް އަދި ސިއްރު މަޢުލޫމާތު ހިއްސާކުރި ކަމަށް ތުހުމަތުކުރެވިގެން ހައްޔަރުކޮށްފިއެވެ. މިއީ އިންޑިޔާ-ޕާކިސްތާން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ފަހު، ހަފްތާއެއްގެ ތެރޭގައި ހަރިޔާނާގައި ކުރެވުނު މިފަދަ ތިންވަނަ ހައްޔަރުކުރުމެވެ. މަލްހޯތްރާއަށް ދަޢުވާކުރެވިފައިވަނީ އޮފިޝަލް ސީކްރެޓްސް އެކްޓް، 1923 ގެ ސެކްޝަން 3، 4، އަދި 5 ގެ ދަށުންނެވެ. އޭނާ ތުހުމަތުތަކަށް އިޢުތިރާފުވެފައިވާ އިރު، ފަސް ދުވަހުގެ މުއްދަތަށް ފުލުހުންގެ ބަންދުގައި ބެހެއްޓިފައިވެއެވެ. އިކޮނޮމިކް އޮފެންސަސް ވިންގުން މި މައްސަލަ ތަޙުޤީޤުކުރަމުންދެއެވެ. އެފް.އައި.އާރުން ހާމަވާ ގޮތުގައި މަލްހޯތްރާ ގުޅުން ބަދަހިކޮށްފައިވަނީ ދާނިޝްގެ ނަމުން މަޝްހޫރު އިހުސާނުއްރަހީމް އާއެވެ. މިއީ ނިއު ދިއްލީގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަންގެ މުވައްޒަފެކެވެ. މި ގުޅުން ބަދަހިކުރެވިފައިވަނީ 2023 ގައި ޕާކިސްތާނަށް ކުރި ޒިޔާރަތެއްގައެވެ. ދާނިޝް އޭނާ ތަޢާރަފުކޮށްދިނީ ޕާކިސްތާނުގެ އިންޓެލިޖެންސް އޮޕަރޭޓިވުންނަށެވެ. މީގެ ތެރޭގައި ހިމެނެނީ އަލީ އަޚުވާން އަދި ޝާކިރު، އަދި ރާދި ރާނާ ޝަހްބާޒް އެވެ. އޭނާ 2023 ގައި ދެފަހަރު ޕާކިސްތާނަށް ޒިޔާރަތްކޮށްފައިވާ އިރު، ވަޓްސްއެޕް، ޓެލެގްރާމް، އަދި ސްނެޕްޗެޓް ފަދަ އެންކްރިޕްޓްކުރެވިފައިވާ ޕްލެޓްފޯމްތައް މެދުވެރިކޮށް އެމީހުންނާ މުއާމަލާތްކޮށްފައިވެއެވެ. "ޓްރެވަލް ވިތް ޖޯ" ނަމަކަށް ޔޫޓިއުބް ޗެނަލެއް ހިންގަމުން އައި މަލްހޯތްރާ، ޕާކިސްތާނުގެ އިމޭޖް ރަނގަޅުކުރުމަށް މަސައްކަތްކުރަމުން ދިޔަކަމަށާއި އިންޑިޔާގެ ސިއްރު މަޢުލޫމާތު ލީކުކުރަމުން ދިޔަކަމަށް ޝައްކުކުރެވެއެވެ. ޕާކސްތާން އެމްބަސީގެ އިހުސާނުއްރަހީމް އިންޑިޔާއިން ބޭރުކުރެވިފައިވަނީ 13 މެއި 2025 ގައެވެ.

ގުޅުންހުރި ޚަބަރު