ދިވެހި|English 9 ޖުލައި 2026 · 05:10
Top banner
Advertisement
ހިމޭނުން ހުންނެވުމަށް ހަސީނާއަށް އަންގައިފި
ދުނިޔެ

ހިމޭނުން ހުންނެވުމަށް ހަސީނާއަށް އަންގައިފި

އއިބްރާހީމްް ސަމީރު8 ސެޕްޓެމްބަރު 2024
ބަންގްލަދޭޝްގެ ވެރިކަމުން ދުރުކޮށްފައިވާ ބޮޑުވަޒީރު ޝެއިޚް ޙަސީނާ އިންޑިއާގައި އަރުވާލެވިގެން ހުންނަވާ ދުވަސްވަރު ހިމޭނުން ހުންނެވުމަށް، ވަގުތީ ސަރުކާރުގެ ލީޑަރު އެދިވަޑައިގެންފިއެވެ. ޑރ. މުޙައްމަދު ޔޫނުސް ވިދާޅުވީ، ޝަރީއަތަށް ޙަސީނާ ޤައުމަށް ގެންނަންދެން އިންޑިއާގައި އަރުވާލެވިގެން ހުންނަވާ ވަގުތު ހިމޭނުން ހުންނެވުން ބުއްދިވެރިވާނެ ކަމަށެވެ. ޔޫނުސް މި ގޮތަށް ވާހަކަ ދެއްކެވީ އިންޑިއާގެ މީޑިއާއަށް ދެއްވި ބަސްދީ ގަތުމެއްގައެވެ. އުމުރުން 76 އަހަރުގެ ހަސީނާ ޤައުމުން ފިއްލަވައިގެން އިންޑިއާއަށް ވަޑައިގަތީ، މީގެ އެއްމަސް ކުރިން ހެލިކޮޕްޓަރުގައެވެ. އޭނާގެ 15 އަހަރުގެ ހަރުކަށި ވެރިކަމާ ދެކޮޅަށް މީހުން ނިކުތީ، ކުރިން ދުވަހަކުވެސް ނުފެންނަފަދަ ތިޔާގި ދުވަސްތަކެއް ތަޖުރިބާ ކުރުމަށްފަހު ކުއްލިއަކަށް އިޤްތިޞާދު އަޑިއަޅާލުމާ ގުޅިގެންނެވެ. ނޮބެލް ޢިނާމު ލިބިވަޑައިގެންފައިވާ ޔޫނުސް އިސްކޮށް ހުންނަވައިގެން އެކުލަވާލެއްވި ވަގުތީ ސަރުކާރަކަށް އާންމުންގެ ފިއްތުންތަކާ ކުރިމަތި ލާން ޖެހިފައި ވެއެވެ. މީހުންދަނީ، ޙަސީނާގެ މައްޗަށް ޝަރީޢަތް ހިންގުމަށް އޭނާ ޤައުމަށް ގެނައުމަށް ބާރުއަޅަމުންނެވެ. ޙަސީނާއާއި އޭނާގެ ސަރުކާރުގެ ބޮޑުންނަށް ތުހުމަތު ކުރެވެނީ، މުޒާހަރާ ކުރަން ނިކުތް މީހުންގެ ގަޔަށް ބަޑި ޖަހައި މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތެވެ. ޙަސީނާ ގެންދަވަނީ، ޤައުމުން ފިއްލަވައިގެން ވަޑައިގަތް ފަހުން އިންޑިއާގައި ދިރިއުޅުއްވަމުންނެވެ. އަދި ޝަރީޢަތަށް، ޙަސީނާ އިންޑިއާއިން ބޭރުކޮށްދިނުމަށް ބަންގްލަދޭޝްއިން ރަސްމީކޮށް އެދިފައިވާ ކަމަށް ޔޫނުސް ވިދާޅެއް ނުވެއެވެ. އިންސާނިއްޔަތާ ދެކޮޅު ޢަމަލުތައް ހިންގިކަމުގެ ގިނަ ދަޢުވާތަކެއް ޙަސީނާއާ ދެކޮޅަށް އުފުލާފައި ވެއެވެ. ޙަސީނާ ގެ ސަރުކާރު ވައްޓާލިތާ އެއް މަސް ދުވަސް ފާހަގަކުރުމަށާއި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ ހަނދާނުގައި ޑާކާގައި ބޭއްވި މުޒާހަރާގައި އެތައް ހާސް ބަޔަކު ބައިވެރިވެފައި ވެއެވެ. ބައެއް މީހުން ވަނީ "ގާތިލު ހަސީނާ" ދަންޖައްސާލުމަށް ގޮވާލާފަ އެވެ.

ގުޅުންހުރި ޚަބަރު