ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
އިޒްރޭލުން ޣައްޒާއަށް ހަމަލާ ދިނުމަށް މަސްނޫއީ ބުއްދި ބޭނުންކުރަނީ
ދުނިޔެ

އިޒްރޭލުން ޣައްޒާއަށް ހަމަލާ ދިނުމަށް މަސްނޫއީ ބުއްދި ބޭނުންކުރަނީ

އއިބްރާހީމްް ސަމީރު21 މޭ 2025
އިޒްރޭލުން ޣައްޒާއަށް ހަމަލާ ދިނުމަށް އަމާޒުތައް ހޯދުމުގައި މަސްނޫއީ ބުއްދި (މަބު) ބޭނުންކުރަމުންދާކަން ހާމަވެއްޖެއެވެ. މި ޓެކްނޮލޮޖީއަކީ ޕްލެންޓީރް ޓެކްނޮކްނޮލޮޖީ ކުންފުނިން އިޒްރޭލު ސިފައިންނަށް ފޯރުކޮށްދީފައިވާ އެއްޗެކެވެ. ޕްލެންޓީރް ޓެކްނޮލޮޖީ އަކީ 2013 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. މި ކުންފުނި އުފެއްދީ ކުރިން އިޒްރޭލު ސިފައިންގެ ތެރޭގައި އުޅުނު މީހެކެވެ. މި ކުންފުނިން ވަނީ އިޒްރޭލު ސިފައިންނަށް ފަލަސްޠީނު މީހުންގެ ޓާގެޓްތައް ހޯދައި ހަމަލާ ދިނުމަށް އަމާޒުކުރުމަށް ބޭނުންކުރާ "ލެވެންޑާ" ސޮފްޓްވެއަރ ވެސް ތައާރަފްކޮށްފައެވެ. ޕްލެންޓީރް ޓެކްނޮލޮޖީގެ ސީއީއޯ އެލެކްސް ކާޕް އަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސައުދީ ދަތުރުގައި ބައިވެރިވި މީހެކެވެ. އަދި އޭނާއަކީ ސައޫދީ އަރަބިއްޔާގެ 2030 މާރެސްގައި މަސްނޫއީ ބުއްދިއާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ އިސް އެޑްވައިޒަރެވެ. މީގެ އިތުރުން، އެލެކްސް ކާޕް ވަނީ ސައޫދީ އަރަބިއްޔާގެ މަސްނޫއީ ބުއްދީގެ ދާއިރާގައި އިންވެސްޓް ކޮށްފައެވެ. މި ކަންކަމުން ދޭހަވަނީ، އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރަމުންދާކަމެވެ. އަދި މި ޓެކްނޮލޮޖީ ތަރައްޤީކުރުމުގައި ސައޫދީ އަރަބިއްޔާ ފަދަ ޤައުމުތަކާއި ގުޅުން އޮތްކަމެވެ. މި ކަމަކީ ބައިނަލްއަޤްވާމީ މުޖުތަމައުގެ ސަމާލުކަން ހޯދަންޖެހޭ ކަމެއްކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.

ގުޅުންހުރި ޚަބަރު