ދުނިޔެ
ޗައިނާއިން އެފްރިކާއަށް ބޮޑު ލޯނެއްދޭން ނިންމައިފި
ދުނިޔޭގެ ދެވަނައަށް އެންމެ ބާރަށް ކުރިއަރަމުން އަންނަ އެފްރިކާ ބައްރުގައި ޗައިނާގެ ތާއީދު އިތުރުކުރުމަށް، ގާތްގަނޑަކަށް 51 ބިލިއަން ޑޮލަރުގެ ލޯނު ފައިސާ އެބައްރަށް ހޭދަކުރުމަށް ޗައިނާއިން ނިންމައިފިއެވެ. މި ފައިސާއަކީ، އެފްރިކާގައި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ބެއިޖިންގއިން ހޭދަކޮށް، މިލިއަނެއްހައި ވަޒީފާ އުފެއްދުމަށް ކުރާ މަސައްކަތުގެ ބައެކެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގް މިކަން އިޢުލާން ކުރެއްވީ ބުރާސްފަތި ދުވަހު ބެއިޖިންގައި އޮތް ބައްދަލު ކުރެއްވުމުގައެވެ. ޝީ ވިދާޅުވީ، އެފްރިކާގެ 50 އަށް ވުރެ ގިނަ ގައުމުގައި ޗައިނާއިން 30 އިންފްރާސްޓްރަކްޗާ މަޝްރޫއެއް ކުރިއަށް ގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި ސިނާޢަތާއި ދަނޑުވެރިކަމާއި އިންފްރާސްޓްރަކްޗާ އާއި ވިޔަފާރި އަދި އިންވެސްޓްމަންޓްގެ ދާއިރާތައް ހިމެނޭ ކަމަށް ވިދާޅުވިއެވެ.
މިދިޔަ އަހަރު ޗައިނާއިން އެފްރިކާއަށް 4.61 ބިލިއަން ޑޮލަރުގެ ލޯނު ދޫކުރުމަށް ފާސްކުރިއެވެ. މިއީ 2016 ވަނަ އަހަރަށްފަހު ޗައިނާއިން ލޯނު ދޫކުރާ ޢަދަދު އިތުރުކުރި ފުރަތަމަ ފަހަރެވެ.
ޗައިނާއިން ވަނީ، ފޯރަމް އޮން ޗައިނާ-އެފްރިކާ ކޯޕަރޭޝަން ސަމިޓުގައި އެފްރިކާގެ އެންމެ ޤައުމެއް ފިޔަވައި ދެން އޮތް ކޮންމެ ޤައުމަކަށްވެސް 3 އަހަރުގެ ޕްރޮގްރާމެއް އެކުލަވާފާއެވެ. މި ފައިސާ ހޭދަ ކުރުމަށް ހަމަޖެހިފައި ވަނީ މި މުއްދަތުގައި ފަށާ މަޝްރޫޢުތަކަށެވެ.
ޗައިނާއިން ޕްރޮގްރާމެއް އެކުލަވާލާފައި ނުވަނީ، އެސްވާޓިނީއަށް އެކަންޏެވެ. އެއީ ޓައިވާނާ ގުޅުން ބަދަހިކޮށްފައިވާ ރަސްކަމެއް އޮންނަ ޤައުމަކަށްވާތީއެވެ.