ދިވެހި|English 10 ޖުލައި 2026 · 00:40
Top banner
Advertisement
ސޫރިޔާ އެއާލައިންގައި 63 އަހަރަށްފަހު ދަތުރު ދުޢާ އިއްވަން ފަށައިފި
ދުނިޔެ

ސޫރިޔާ އެއާލައިންގައި 63 އަހަރަށްފަހު ދަތުރު ދުޢާ އިއްވަން ފަށައިފި

އއިބްރާހީމްް ސަމީރު21 މޭ 2025
ސޫރިޔާގެ ޤައުމީ އެއާލައިން، ސީރިއަން އެއާގައި 63 އަހަރު ވަންދެން ދަތުރު ދުޢާ އިއްވުން މަނާކޮށްފައި އޮތުމަށްފަހު މިހާރު ދަތުރު ދުޢާ އިއްވަން ފަށައިފިއެވެ. މި ބަދަލު އައިސްފައިވަނީ ސޫރިޔާގެ ބައަޠް ޕާޓީގެ ވެރިކަން ނިމުމަކަށް އައުމާ ގުޅިގެންނެވެ. ސޫރިޔާގެ ކުރީގެ ރައީސް ހާފިޒް އަލް-އަސަދާއި އޭނާގެ ދަރިކަލުން ބަޝާރު އަލް-އަސަދުގެ ވެރިކަމުގައި ދަތުރު ދުޢާ އިއްވުން އޮތީ މަނާކޮށްފައެވެ. ނަމަވެސް، މިހާރު އެ ގައުމުގެ ސިޔާސީ މަޝްރަހު ބަދަލުވުމާއެކު، މި އާދަކާދަ އަލުން ތަޢާރަފުކޮށްފައިވެއެވެ. މި ބަދަލާ އެކުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢުން ސޫރިޔާއާ ދޭތެރޭ ގެންގުޅެމުން އައި ސިޔާސަތުތަކަށްވެސް ބަދަލުތަކެއް އައިސްފައިވެއެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަނީ ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާފައެވެ. މީގެ ގެ ތެރޭގައި، އެސެޓް ފްރީޒް ކޮށްފައިވާ ފަސް ކުންފުންޏެއް ކަމަށްވާ އިންޑަސްޓްރިއަލް ބޭންކާއި، ޕޮޕިއުލާ ކްރެޑިޓް ބޭންކާއި، ސޭވިންގްސް ބޭންކާއި، އެގްރިކަލްޗަރަލް ކޯޕަރޭޓިވް ބޭންކާއި، ސީރިއަން އަރަބް އެއާލައިންސް ހިމެނެއެވެ. އީޔޫއިން ވަނީ ސެންޓްރަލް ބޭންކް އޮފް ސީރިއާ (ސީބީއެސް) އަށް ފައިސާ އާއި އިގްތިސާދީ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ހުއްދަވެސް ދީފައެވެ. މީގެ އިތުރުން، އީޔޫގެ މެމްބަރު ގައުމުތަކުގެ ސަރަހައްދުތަކުގެ ތެރޭގައި ސޫރިޔާގެ ބޭންކުތަކާއި މާލީ އިދާރާތަކާ ދެމެދު ބޭންކިންގ ގުޅުން ގާއިމްކުރުން މަނާކުރުންވެސް އުވާލަން ނިންމާފައިވެއެވެ. މި ފިޔަވަޅުތަކުގެ މަޤްޞަދަކީ ހަކަތައާއި ދަތުރުފަތުރުގެ ދާއިރާއާ ގުޅުންހުރި މުޢާމަލާތްތަކުގެ އިތުރުން، އިންސާނީ ބޭނުންތަކާއިަކާއި ގައުމު އަލުން ބިނާކުރުމަށް ބޭނުންވާ މުޢާމަލާތްތައް ކުރުމުގެ ހުއްދަ ދިނުމެވެ. މި ބަދަލުތަކާއެކު، ސޫރިޔާގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ހާލަތު ރަނގަޅުވެ، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އެ ގައުމުގެ ދައުރު އިތުރުވާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ޚަބަރު