ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޔޫރަޕުން އިޒްރޭލަށް ފިޔަވަޅު އަޅާނެ ބާ
ދުނިޔެ

ޔޫރަޕުން އިޒްރޭލަށް ފިޔަވަޅު އަޅާނެ ބާ

އއިބްރާހީމްް ސަމީރު21 މޭ 2025
ޔޫރަޕިއަން ޔޫނިއަންގެ އިސް ޑިޕްލޮމެޓް، ވަނީ އީޔޫ އާއި އިސްރާއީލާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން މުރާޖަޢާކުރުމަށް ގޮވާލައްވާފައެވެ. މި ފިޔަވަޅު އަޅުއްވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ އިންސާނީ ބޮޑު ކާރިސާއާއި، ޣައްޒާއަށް ފޮނުވާ އިންސާނީ އެހީތައް އިސްރާއީލުން ހުއްޓުވުމާ ގުޅިގެންނެވެ. އިސްރާއީލާއެކު އޮތް ޕާޓްނަޝިޕް އެއްބަސްވުން މުރާޖަޢާކުރުމަށް އީޔޫގެ 17 ޤައުމަކުން އެއްބަސްވެފައިވާއިރު، 9 ޤައުމަކުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ. މި މުރާޖަޢާގައި އަލިއަޅުވާލާނީ އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމުގެ ވަޢުދުގެ މައްޗަށެވެ. އަދި މި މުރާޖަޢާގެ ސަބަބުން އިސްރާއީލާ ދެކޮޅަށް ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުޞަތު އިތުރުވެގެންދާނެ ކަމަށް ވެސް ބެލެވެއެވެ. މި މުރާޖަޢާ ކުރުމަށް ތާއީދުކުރާ ވަރުގަދަ އަޣުލަބިއްޔަތެއް އީޔޫގެ މެންބަރު ޤައުމުތަކުގެ މެދުގައި އެބައޮތެވެ. އަދި މިއީ އިސްރާއީލުގެ ސަރުކާރަށް ޕްރެޝަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. "އިންސާނީ އެހީގެ ހުއްދަ ދިނުމަކީ އިސްރާއީލުގެ އަތްމަތީގައިވާ ކަމެކެވެ. މި ނިންމުމަކީ އަނބުރާ ގެނެވިދާނެ އަދި އިސްރާއީލުގެ ކުރިއެރުމަށް ބަރޯސާވާ ނިންމުމެކެވެ،" ކަލާސް ވިދާޅުވިއެވެ. މީގެ ކުރިން އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓަރު ވަނީ ޣައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމައާ ގުޅިގެން އިސްރާއީލާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ހުއްޓާލާނެކަން އިޢުލާންކުރައްވާފައެވެ. ޔޫކޭން ބުނާ ގޮތުގައި ޣައްޒާގެ ހާލަތަކީ ހިތާމަވެރި މުޞީބާތެކެވެ. މި ފިޔަވަޅުތަކުން ދޭހަވަނީ ޣައްޒާގެ ހާލަތާމެދު ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން އިތުރުވަމުންދާކަމެވެ. އަދި އިސްރާއީލުގެ ސަރުކާރަށް ޕްރެޝަރުކުރުމަށް އިތުރު ފިޔަވަޅުތައް އެޅިދާނެކަމުގެ ނިޝާންތައް ފެންނަމުންދާކަމެވެ.

ގުޅުންހުރި ޚަބަރު