ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ނަތަންޔާހޫގެ ޑީލް
ދުނިޔެ

ނަތަންޔާހޫގެ ޑީލް

އއިބްރާހީމްް ސަމީރު21 މޭ 2025
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ފިނޭންސް މިނިސްޓަރު އަދި ރެލިޖިއަސް ޒަޔަނިޒަމް ޕާޓީގެ ލީޑަރު ބެޒާލެލް ސްމޮޓްރިޗް އާ ދެމެދު "ސިޔާސީ އެއްބަސްވުމެއް" ވެވިއްޖެ ކަމަށް އިޒްރޭލުގެ މީޑިއާން ރިޕޯޓުކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން، ހުޅަނގު އައްސޭރިއަށް އިތުރު ޔަހޫދީ ބަސްތިތައް އެޅުމާއި ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށް ބެލެވެއެވެ. އިޒްރޭލުގެ ޗެނަލް 14 އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސްމޮޓްރިޗްގެ އެދުމުގެ މަތިން ހުޅަނގު އައްސޭރީގައި ޔަހޫދީންގެ ބަސްތީތައް ބިނާކޮށް، އެތައް ސަތޭކަ އާ ހައުސިން ޔުނިޓު އަޅާށް ނަތަންޔާހޫ ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުން، އިޒްރޭލުގެ ނޫސް "މާރިވް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް ސްމޮޓްރިޗް ދެކޮޅު ނުހަދާނަމަ، އޭނާއަށް އިނާމެއް ދިނުމަށް ނަތަންޔާހޫ ވަނީ ނިންމާފައެވެ. މި އެއްބަސްވުމަކީ، ކުރިން ސްމޮޓްރިޗް ދީފައިވާ އިންޒާރަކާ ގުޅިގެން އައިސްފައިވާ ބަދަލެއް ކަމަށް ބެލެވެއެވެ. އޭނާ ވަނީ ކުރިން ޣައްޒާއަށް އެހީ ވައްދަނީނަމަ އިސްތިއުފާދީ ސަރުކާރު ވައްޓާލާނެ ކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް، އިއްޔެ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްމޮޓްރިޗް ވަނީ ކޮންމެހެން ބޭނުންވާ އެހީތައް ޣައްޒާއަށް ވެއްދުމަށް ތާއީދުކުރާ ކަމަށް ބުނެފައެވެ. އޭނާ ދެކޭ ގޮތުގައި މިއީ "ހަމާސްއާ ދެކޮޅަށް ކުރާ ހަނގުރާމަ ހައްލުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް" އެވެ. އިއްޔެ ބޭއްވުނު ސިޔާސީ-ސަލާމަތީ ކެބިނެޓްގެ ޖަލްސާގައި، ހުޅަނގު އައްސޭރީގައި ޔަހޫދީ ސަރުކާރުގެ ހަރަކާތްތަކުގެ ކޯޑިނޭޓަރު މޭޖާ ޖެނެރަލް ޣައްސާން އަލިއަން ވަނީ އެހީ ފޯރުކޮށްދިނުން އަލުން ފެށުމަށް އިޒްރޭލު ސިފައިން އަޅާނެ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ކެބިނެޓް މެމްބަރުންނަށް ދީފައެވެ. އޭނާ ބުނެފައިވަނީ "އެހީގެ އެއްވެސް ބައެއް ހަމާސްގެ މެމްބަރުންނާ ހަމައަށް ނުފޯރާނެ ގޮތް ހަދައި ހަމައެކަނި ހަމާސް މީހުން ބަނޑަށް ޖެއްސޭނެ ކަމުގެ ޔަގީންކަން ދިނުމަކީ ކުރެވޭނެ ކަމެއް ނޫން" ކަމަށެވެ.

ގުޅުންހުރި ޚަބަރު