ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ޔަހޫދީ ފިރިހެނުން ހަމާސް ދެކެ ބިރުގަނޭ
ދުނިޔެ

ޔަހޫދީ ފިރިހެނުން ހަމާސް ދެކެ ބިރުގަނޭ

އއިބްރާހީމްް ސަމީރު22 މޭ 2025
ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސްއަށް ބިރުން އިޒްރޭލު ޔަހޫދީ ފިރިހެނުން ހަނގުރާމައިގައި ހަމާސްއާ ކުރިމަތިލާން ބޭނުމެއް ނުވެއެވެ. އެހެންވެ، އިޒްރޭލުގެ ކޮންމެ 5 ސިފައިންގެ ތެރޭން އެކަކަކީ މިހާރު އަންހެނެކެވެ. އިޒްރޭލު ޕާލަމެންޓްގައި ބުނެފައި ވަނީ މިހާރު އަންހެން ސިފައިންގެ އަދަދު 20.9 އިންސައްތައަށް އަރާފައިވާ ކަމަށެވެ. ސިފައިންގެ މަގާމުތަކުގެ 58 އިންސައްތައަށް ވެސް މިހާރު އަންހެނުންނަށްދީ ފިރިހެނުން ފަހަތަށް ޖެހިފައި ވެއެވެ. ޔަހޫދީ އަންހެނުން ބައިވެރި ކުރުމުން ދިމާވާ މައްސަލައަކީ އުސޫލީ ތާލިބާން ވައްތަރު ޔަހޫދީން އަންހެނުންނާ އެކު މަސައްކަތް ކުރާން ދެކޮޅު ހަދ މައްސަލައެވެ. އަންހެނުން މައްޗަށް ބަރޯސާވާ މިންވަރު އިތުރު ވުމާ ގުޅިގެން އިޒްރޭލުން ބޭނުން ވަނީ އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ސިފައިންގެ ތެރޭގައި ދީފައި ބާއްވާށެވެ. އަންހެނުން ޚިދުމަތްކުރަނީ ފައުޖީންގެ ގޮތުގައާއި މަތިންދާބޯޓު ގެ ފޯރި މަރާ ޔުނިޓްތަކާއި ޣައްޒާގެ އޮޕަރޭޝަންތަކުގައި ކުއްތާ ބަލަހައްޓާ މީހުންގެ ގޮތުގައާއި ފިރިހެނުންނަށް ލިބޭ ނުތަނަވަސްކަމުގައި ހިތް އުފާ ކޮށްދޭ ޔުނިޓްތަކާއި ފަރުވާކޮށްދޭ ޔުނިޓްތަކުގައެވެ. އަދި އަންހެނުންނަށް ފަސޭހައިން ދިރިއުޅުމެއް ހޯދުމަށާއި އިންނާނެ މީހަކު ފަސޭހައިން ހޯދުމަށް ސިފައިންގެ ތެރެއަށް ވަނުމަކީ މިހާރު ޓްރެންޑެކެވެ. އިޒްރޭލު ޕާލަމެންޓް މެމްބަރުން ވަނީ މި ހާލަތުގައި އަންހެނު ސިފައިންނަށް ހަމަހަމަ ހައްގު ދިނުމަށް ގޮވާލާފައެވެ. އަންހެނުންނަށް އެހެން ދާއިރާތަކުން ހަމަހަމަ ކަން ނުލިބުމާއި އެމީހުންނާ މެދު ދަށްކޮށް ބެލުމުގެ ނަތީޖާއަކީ، 2012 އިން 2024 އަށް އަންހެން ހަނގުރާމަވެރި ސިފައިންގެ އަދަދު އިތުރު ވެގެން ދިއުމެވެ. މިހާތަނަށް ދިހަ ގުނަ އިތުރު ވުމެއް އައިސްފައި ވެއެވެ.

ގުޅުންހުރި ޚަބަރު