ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އިމާރާތް ދަށުވެ ހަލާކުވީ ޔަހޫދީ މީހާ
ދުނިޔެ

އިމާރާތް ދަށުވެ ހަލާކުވީ ޔަހޫދީ މީހާ

އއިބްރާހީމްް ސަމީރު22 މޭ 2025
އިޒްރޭލު ސިފައިންގެ ރޭޑިއޯގެ ރިޕޯޓަރު ހާމަކުރި ގޮތުގައި އިޒްރޭލުގެ ސިފައިންގެ ޓެރަރިސްޓުން 4 ބުރީގެ އިމާރާތަކަށް ބޮން އަޅަން ވަނެވެ. އަދި އެތަން ގޮއްވާލުމުން ހަމާސްއިން ކުރިން ތައްޔާރުކޮށްފައި ހުރި އަދަވަޅެއްކަމުން މި މީހުން އިމާރާތް ގޮވައިގެން އިމާރާތް ދަށުވެ ހަލާކުވީ ޔަހޫދީ މީހާ ހަލާކުވީއެވެ. އޭނާ އިތުރަށް ބުނި ގޮތުގައި، ސަލާމަތްކުރާ ބާރުތަކުން ގިނަ ގަޑިއިރުތަކެއް ވަންދަންދެން އެ ތަނުގައި މަސައްކަތްކޮށްފައިވަނީ ނައްތާލެވުނު ސިފައިންގެ ޓެރަރިސްޓް ނެގުމަށެވެ. މެންދުރުފަހުގެ ގަޑިތަކުގައި ފެށިމަސައްކަތް އެމީހުންނަށް ރޭގަނޑު ނިންމާލެވުނު އިރު އެސޮރަށް އޮތީ ވާނެ އެއްޗެއް ވެފައެވެ. ރިޕޯޓަރު އިތުރަށް ބުނެފައިވަނީ: "ގިނަ ގަޑިއިރުތަކެއްގެ އޮޅުންބޮޅުންކަމާއި ނުތަނަވަސް ކަންބޮޑުވުމަށްފަހު، އެންމެ ފަހުން ހާދިސާ ނިމުނު އިރު އޭނާ ދުނިޔެއިން ނައްތާލާފައިވާ ކަން އޭނާގެ އާއިލާއަށް އެންގުމުންނެވެ. އަދި އިޒްރޭލުގެ ސިފައިން މިހާރު ތަޙުޤީޤު ކުރަމުންމުން ދަނީ ހަނގުރާމަވެރިން މޮޅަށް ގޮވާ އެއްޗެހި ބޭނުންކުރި ގޮތެވެ." އިޒްރޭލުގެ "ސިފައިން"ގެ ޓެރަރިސްޓު މީހަކު ހަމާސްއިން ފޮޅާލައި ނައްތާލައިފައިވާ ކަމަށް ޔަހޫދީ ސަރުކާރުން އިޢުތިރާފުވެއްޖެއެވެ. ޣައްޒާގެ ދެކުނުގައި ޚާން ޔޫނިސްގައި އިޒްރޭލު ސިފައިންގެ މީހަކު ނައްތާލައި އަނެއް މީހާ ޒަޚަމް ކޮށްފައިވާ ކަމަށް އެއްބަސްވެއެވެ. ޔަޙޫދީ ޒަޔަނިސްޓު ޓެރަރިސްޓް "ސިފައިން" އިޢުލާނުކުރި ގޮތުގައި ނައްތާލެވުނު ސިފައިންގެ މީހަކީ ސާޖަންޓް ފަސްޓް ކްލާސް ޑޭނީލޯ މުކާނޯއެވެ. އޭނާއަކީ 82 ވަނަ ބެޓަލިއަންގެ ރެކޮނައިސަންސް-އެޓޭކް ކޮމްޕެނީގެ ފައިޓަރެކެވެ. އިއްޔެވެސް، އިޒްރޭލުގެ ޓެރަރިސްޓް "ސިފައިން" އިޢުތިރާފުވެފައިވަނީ ޣައްޒާގެ އުތުރުގައި ހިނގަމުންދާ ހަނގުރާމައިގައި އެމީހުންގެ ޓެރަރިސްޓަކު މަރުވެފައިވާ ކަމަށެވެ. އެމީހުން ބުނި ގޮތުގައި މަރުވި ޓެރަރިސްޓަކީ އިންޖިނިއަރިންގ ބެޓަލިއަން "601" ގެ ޔޫސުފް ޔަހޫދާ ނަމަކަށް ކިޔާ މީހެކެވެ. މިއާއެކު، 2023 އޮކްޓޯބަރު 7 ގައި ހަމާސްއިން އަގްސާ ތޫފާން ފެށިފަހުން ޔަހޫދީ ޓެރަރިސްޓް ސިފައިންގެ މަރުވި މީހުންގެ އަދަދު 857 އަށް އަރައިފޫއެވެ. ނަމަވެސް، އެ ރަސްމީ އަދަދަށްވުރެ މާ ގިނަ މީހުން ހަލާކުކޮށް ނައްތާލުމުގައި ހަމާސްއިން ވަނީ ކާމިޔާބީ ހޯދާފައެވެ.

ގުޅުންހުރި ޚަބަރު