ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އިޒްރޭލުން އީރާނަށް ހަމަލައެއް ދީފާނެ
ދުނިޔެ

އިޒްރޭލުން އީރާނަށް ހަމަލައެއް ދީފާނެ

އއިބްރާހީމްް ސަމީރު22 މޭ 2025
އިޒްރޭލު ނުބައި މިސްކޮށް ފިޔަވަޅު އެޅެމުންދާއިރު އިޒްރޭލުން އީރާނަށް ހަމަލައެއް ދީފާނެ ކަމަށް އެމެރިކާއަށް އައު އިންޓެލިޖެންސް މަޢުލޫމާތު ލިބިފައިވެއެވެ. އަދި އެމީހުން އިތުރަށް ބުނެފައިވަނީ "އިޒްރޭލުން އީރާނުގެ ނިއުކްލިއަރ ފެސިލިޓީއަކަށް ހަމަލާދިނުމުގެ ފުރުސަތު ފާއިތުވި މަސްތަކުގައި ފާހަގަކުރެވޭ ވަރަށް އިތުރުވެފައިވާ" ކަމަށެވެ. އަދި "އެމެރިކާ-އީރާން އެއްބަސްވުމަކުން އީރާނުގެ ހުރިހާ ޔުރޭނިއަމް ނައްތާނުލެވޭނެކަމުގެ ފުރުސަތު އޮތުމުން އިޒްރޭލުގެ ހަމަލާގެ ފުރުސަތު އިތުރުވާނެ" ކަމަށެވެ. "ސީ އެން އެން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލުގެ އުދުވާނީ ތައްޔާރީތަކުގެ ތެރޭގައި، ވައިގެ ހަތިޔާރުތައް އުފުލުމާއި ވައިގެ ތަމްރީނެއް ފުރިހަމަކުރުން ވެސް ހިމެނެއެވެ. އެ މަޢުލޫމާތުން ދައްކާގޮތުގައި "އިޒްރޭލުން އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް ހަމަލާދިނުމަށް ދަނީ ތައްޔާރުވަމުންނެވެ." މިއީ ޑޮނަލްޑް ޓްރަމްޕްގެ އިދާރާއިން ތެހެރާނާއެކު ޑިޕްލޮމެޓިކް އެއްބަސްވުމަކަށް ވާސިލުވުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި އެކަން ފެއިލްކޮށްލުމަށް ޔަހޫދީ ޒަޔަނިސްޓުން ކޮށްލަން ބޭނުންވާ ކަމެކެވެ. އަދި މިދުވަސްވަރު މިފަދަ ހަމަލައެއް ދީގެން ދުނިޔެ ނުތަނަވަސް ކޮށްލުމުން ނަތަންޔާހޫއަށް ވެރިކަމުގައި ހުރުމަށް ވަގުތުކޮޅެއް ލިބިގެން ދާނެއެވެ. ޖާސޫސީ މަޢުލޫމާތު އެނގޭ މަސްދަރުތަކުން ބުނަނީ މި ކަންބޮޑުވުން ހަމައެކަނި އުފެދެނީ އިޒްރޭލުގެ އިސް އޮފިޝަލުންގެ ފަރާތުން ފާޅުގައި އަދި ސިއްރުން ނެރެފައިވާ މެސެޖުތަކުން އެފަދަ ފިޔަވަޅެއް އިޒްރޭލުން ދިރާސާ ކުރަމުންދާތީ އެކަންޏެއް ނޫނެވެ. އިންޓަރސެޕްޓް ކުރެވިފައިވާ އިޒްރޭލުގެ މުވާސަލާތުތަކާއި، ކުއްލި ހަމަލާއަކަށް ތައްޔާރުވުމަށް އިޒްރޭލުގެ ހަނގުރާމަވެރި ހަރަކާތްތައް ވެސް ވަނީ ފާހަގަ ކުރެވިފައި ކަމަށް އެފަރާތްތަކުން ބުނެއެވެ. އެމެރިކާގެ އޮފިޝަލުން ދެކޭގޮތުގައި "މި ހަމަލާއަކީ ޓްރަމްޕަށް ކަނޑައެޅިގެން ޖެއްސުމަށް އިޒްރޭލުން ކުރަން އުޅޭ" ކަމެކެވެ. އަދި އެމީހުން ލަފާ ކުރާ ގޮތުގައި "މިކަމުގެ ސަބަބުން މެދުއިރުމަތީ ސަރަޙައްދުގައި ފުޅާ ދާއިރާއެއްގައި ހަނގުރާމައެއް ފެށުމުގެ ނުރައްކަލެއް" އެބަ އޮތެވެ. މީގެ ކުރިން އިޒްރޭލުގެ "ޗެނަލް 12" ވެބްސައިޓުން ބުނެފައި ވަނީ އީރާނަށް "އިޒްރޭލުގެ ކޮންމެވެސް މިންވަރެއްގެ ހަމަލާއެއް" ދީފާނެ ކަމަށެވެ.

ގުޅުންހުރި ޚަބަރު