ދިވެހި|English 10 ޖުލައި 2026 · 00:40
Top banner
Advertisement
ޔޫރަޕް މީހުންނާ ދިމާއަށް ބަޑި ޖަހައިފި
ދުނިޔެ

ޔޫރަޕް މީހުންނާ ދިމާއަށް ބަޑި ޖަހައިފި

އއިބްރާހީމްް ސަމީރު22 މޭ 2025
އިޒްރޭލުގެ ސިފައިން ވަނީ އަރަބި އަދި ޔޫރަޕްގެ 25 ސަފީރުންނާއި ކޮންސުލް ޖެނަރަލުންގެ އިތުރުން ޔޫރަޕިއަން ޔޫނިއަން އާއި އދ ގެ ރެފިއުޖީންނާ ބެހޭ އިދާރާގެ މަސްއޫލުވެރިން ޖެނިންއާ ކައިރިވަނިކޮށް، އެމީހުންނާ ދިމާއަށް ބަޑި ޖަހާފައެވެ. އެކަމާ ގުޅިގެން އެމީހުން ވަނީ ވަގުތުން ދަތުރު ނިންމާލާފައެވެ. އިޒްރޭލު ސިފައިން ދޮގު ހަދަމުން ބުނީ ޑިޕްލޮމެޓިކް ވަފުދު "އެމީހުން ދަތުރު ކުރަން ކަނޑައަޅާފައި އޮތް މަގުން ކަސިޔާރުވެ" ކޭމްޕްގެ މަނާ ސަރަހައްދަކަށް ވަނީ ކަމަށެވެ. ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ ޖެނިން ރެފިއުޖީ ކޭމްޕަށް މިއަދު ޔޫރަޕްގެ ޑިޕްލޮމެޓުންގެ ވަފުދެއް ޒިޔާރަތް ކުރުމުން އިޒްރޭލު އިސްތިއުމާރީ ސިފައިން ޓެރަރިސްޓް ހަމަލައެއްގައި އެމީހުންނާ ދިމާއަށް ބަޑި ޖަހައިފިއެވެ. މި އަގަލު ކުޑަ ހާދިސާއާ ގުޅިގެން އިޓަލީއާއި ފްރާންސްއިން ނިންމާފައި ވަނީ އެގައުމުތަކުގެ ސަފީރުން އަނބުރާ ގެނައުމަށެވެ. މި ވަފްދަކީ، އިޒްރޭލުގެ ހަނގުރާމައިގެ ޖަރީމާތަކުގެ ސަބަބުން އެތައް މަހެއް ވަންދެން ހާލުގައި ޖެހިފައވާ ޖެނިން ރެފިއުޖީ ކޭމްޕްގެ ހާލަތު ވަޒަންކުރުމަށް ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ގޮވާލި ދަތުރެއްގައި ދިޔަ ވަފްދެކެވެ. އެ ވަފްދު ރފިއުޖީ ކެމްޕާ ކައިރިވަނިކޮށް އިޒްރޭލު ސިފައިން ވަނީ ޔޫރަޕާއި އަރަބި ޑިޕްލޮމެޓުންނާ ދިމާއަށް ބަޑިޖަހާފަ އެވެ. ޔަހޫދީ ސިފައިންގެ ޓެރަރިސްޓް އަމަލު ކުށްވެރި ކުރަމުން ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސްއިން ބުނީ ޔަހޫދީ ނާޒީ ޒަޔަނިސްޓު ސިފައިން ބައިނަލްއަގްވާމީ ހަމަތަކަށް ބެލުމެއް ނެތި ޖަރީމާ ހިންގަމުންދާ ކަމަށެވެ. މި ހާދިސާއާ ގުޅިގެން އިޓަލީގެ ފޮރިން މިނިސްޓަރު އެންޓޯނިއޯ ޓަޖާނީ ވަނީ ޖެނިންގައި ހިނގި ކަންކަމާ ގުޅޭ ގޮތުން ޔަހޫދީންގެ ސަރުކާރުން ރަސްމީކޮށް މައުލޫމާތު ސާފުކުރުމަށް ރޯމްގައި ހުންނަ ޔަހޫދީންގެ ސަފީރަށް ހާޒިރު ކުރުމަށް އަންގަވާފައެވެ. އިޓަލީގެ ފޮރިން މިނިސްޓްރީން ވަނީ މިބީދައިން ޑިޕްލޮމެޓުންނަށް އިންޒާރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފާހަގަކޮށް، ކަން ހިނގި ގޮތް ސާފުކޮށްދިނުމަށް ޔަހޫދީންގެ ނާޒީ ސަރުކާރަށް ގޮވާލާފައެވެ. ފްރާންސުން ވެސް ވަނީ މި ޒާތުގެ ނާތަހުޔޒީބު ޔަހޫދީ އަމަލަކީ، ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ، ޖެނިން ކޭމްޕަށް ޒިޔާރަތްކުރި ވަފުދުގެ މެމްބަރުންގެ ތެރޭގައި ފްރާންސްގެ ރައްޔިތުން ހިމެނޭކަން ފާހަގަކޮށް ފްރާންސް ސަފީރު އަނބުރާ ގެނައުމަށް ނިންމާފަ އެވެ. އީޔޫގެ ހައި ރެޕްރެޒެންޓޭޓިވް ފޯ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީ ކަޔާ ކަލާސް ވަނީ ޖެނިންގައި ހުންނަ ޔޫރަޕްގެ ޑިޕްލޮމެޓިކް ވަފުދާ ދިމާއަށް ޔަހޫދީން ބަޑި ޖެހި މައްސަލަ ކުށްވެރި ކުރައްވާފައެވެ. ބެލްޖިއަމްގެ ފޮރިން މިނިސްޓަރު އަދި ޑެޕިއުޓީ ޕްރައި މިނިސްޓަރު މެކްސިމް ޕްރެވޮސްޓް ވިދާޅުވީ އިޒްރޭލުން ޑިޕްލޮމެޓުންނަށް ބަޑިޖަހައި މަރާލަން ދިމާކުރުމުން އޭނާއަސް ސިހުން ލިބިވަޑައިގަތް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ޑިޕްލޮމެޓުން ޖެނިންއަށް ކުރި ދަތުރަކީ އިޒްރޭލުގެ ސިފައިންނާ ކޯޑިނޭޓްކޮށްގެން ކުރި ދަތުރެއް ކަމަށާއި އެމީހުން ދަތުރުކުރީ ދެނެގަނެވޭ ގޮތަށް 20 އުޅަނދުގެ ގާފިލާއެއްގައި ކަމަށެވެ. އަޔަލޭންޑްގެ ފޮރިން މިނިސްޓަރު ސައިމަން ހެރިސް ވެސް ވަނީ އަޔަލޭންޑްގެ ދެ ރައްޔިތެއް ހިމެނުނު ޑިޕްލޮމެޓިކް ވަފްދަށް އަމާޒުކޮށްގެން ބަޑި ޖެހުމުން ނުތަނަވަސްކަން ލިބުނު ކަމަށް ވިދާޅުވެފައެވެ. ނޯވޭގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އެންޑްރިއަސް ކްރަވިކް ވިދާޅުވީ ޑިޕްލޮމެޓުންނަށް ހިމާޔަތް ދޭން ޖެހޭނެ ކަމަށާއި އޭނާގެ ގައުމުން އުންމީދު ކުރަނީ އިޒްރޭލުން އެމީހުންގެ ބައިނަލްއަގްވާމީ ޒިންމާތަކަށް އިހުތިރާމް ކުރާނެ ކަމަށެވެ. މިދިޔަ ޖެނުއަރީ މަހު ނާޒީ ޒަޔަނސްޓު ޔަހޫދީ ސިފައިން ވަނީ ހުޅަނގު އައްސޭރީގެ އުތުރުގެ ސިޓީތަކާއި ކޭމްޕްތަކަށް ހަމަލަތަކެއް ދީ ހަނގުރާމައގެ ޖަރީމާތައް ހިންގައި މީހުން މަރާފައެވެ. ޖެނިން ކޭމްޕަށް ދިން ހަމަލާގެ ސަބަބުން ފަލަސްތީނުގެ އެތައް ބަޔަކު މަރުވެ، 22،000 މީހުން ގެދޮރު ދޫކުރަން މަޖުބުރުކޮށް، 600 ގެދޮރު ހަލާކުކށްފައި ވެއެވެ.

ގުޅުންހުރި ޚަބަރު