ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ސްކޫލަށް ނާޒީ ސިފައިން ހަމަލަ ދީފި
ދުނިޔެ

ސްކޫލަށް ނާޒީ ސިފައިން ހަމަލަ ދީފި

އއިބްރާހީމްް ސަމީރު22 މޭ 2025
ފަލަސްތީނުގެ އެޑިއުކޭޝަން މިނިސްޓްރީން ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ޤުދުސްގެ ސްކޫލަކަށް ވަދެ ކަރުނަ ގޭސް ދަޅުތައް އޮއްސާލި ކަމަށާއި އެކަމުގެ ސަބަބުން ބައެއް ދަރިވަރުންނަށް ނޭވާ ލުމަށް ދަތިތަކެއް ދިމާވި ކަމަށެވެ. މި ހަމަލަ ދިނުމަށްފަހު، ޔަހޫދީ ސިފައިން ވަނީ ފަލަސްތީނުގެ ދަރިވަރުން އުފުލާ ބަސްތައް ޝުއަފާތު ރެފިއުޖީ ކޭމްޕަށް ވަންނަން ދިމާކުރުމުން ހުރަސް އަޅާފައެވެ. އަދި ދަރިވަރުންނަށް މަޖުބޫރުކޮށްގެން ބަހުން ފޭބުމަށް އަންގައި ރެފިއުޖީ ކޭމްޕާ ގުދުސް ވަކިކުރާ އަސްކަރީ ޗެކްޕޮއިންޓް ތެރެއިން ހިނގާފަ ދިއުމަށް މަޖުބޫރު ކުރިއެވެ.އަދި އެމީހުގެ ހެދުން ބާލައިގެން ފާސްކޮށް ފޮތް ދަބަސްތައް އަތުލައި ގަތެވެ. ހިފފައިވާ ގުދުސްގެ އިރުއުތުރުގައި އޮންނަ ހިޒްމާ ޓައުންގައި ހުންނަ ފިރިހެން ކުދިންގެ ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލަށް ނާޒީ ޒަޔަނިސްޓު ޔަހޫދީ ސިފައިން ހަމަލަ ދީފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. ޝުއަފާތު ކޭމްޕުގެ ބައެއް ދަރިވަރުން މީޑިއާއާ ވާހަކަ ދައްކަމުން ބުނީ ކޮންމެ ދުވަހަކުވެސް ގަޑި ޖެހިގެން ސްކޫލަށް ދެވޭ ގޮތަށް ޔަހޫދީ ސިފައން އެމީހުން ބަހުން ފޭބުމަށް މަޖުބޫރުކޮށް ފަނަރަ މިނެޓުވަން ދަބަސް ހާވައި ހަދާ ކަމަށެވެ. އަދި އެކަން ކުރަމުންދާއިރު ޔަހޫދީން ކުދިން ގަސްތުގައި ރުޅިއެރުމަށް މައިންބަފައިންނާ ބެހި އަވަގުރާނަވެސް ގޮވައި ހަދާކަމަށް ރިޕޯޓުކޮށްފައި ވެއެވެ.

ގުޅުންހުރި ޚަބަރު