ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ބްރެއިން-ކޮމްޕިއުޓަރ އިންޓަރފޭސް ޓެކްނޮލޮޖީ
ދުނިޔެ

ބްރެއިން-ކޮމްޕިއުޓަރ އިންޓަރފޭސް ޓެކްނޮލޮޖީ

އއިބްރާހީމްް ސަމީރު22 މޭ 2025
ޔޫއޭއީ-ޕްރައިމް ޓްރަޔަލްގައި އަމާޒުކުރާނީ ނާރުތަކަށް ގެއްލުން ލިބިގެން ނުކުޅެދިފައިވާ ފަދަ ހާލަތްތަކުގެ ސަބަބުން އަސަރުކޮށްފައިވާ މީހުންނަށެވެ. މި ޓްރަޔަލްގައި ބަލާނީ މި ފަދި ފަދަ މީހުންނަށް މި ޑިވައިސް ބޭނުންކޮށްގެން މުޢާމަލާތުކުރެވޭނެ ގޮތްތަކާ ބޭހޭ ގޮތުންނެވެ. އަބޫދާބީގެ ޑިޕާޓްމަންޓް އޮފް ހެލްތުގެ ޗެއަރމަން މަންސޫރު އަލް މަންސޫރީ މި ޓްރަޔަލް ސިފަކުރެއްވީ "ދުނިޔޭގެ ފެންވަރުގައި ބްރެއިން-ކޮމްޕިއުޓަރ އިންޓަރފޭސް ޓެކްނޮލޮޖީ ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް" ގެ ގޮތުގައެވެ. ނިއުރޯޓެކްނޮލޮޖީގެ ދާއިރާގައި ފާހަގަކޮށްލެވޭ ކުރިއެރުމެއްގެ ގޮތުގައި، އެމެރިކާއިން އިން ބޭރުގައި ނިއުރަލިންކްގެ ވަޔަރލެސް ބްރެއިން ޗިޕްގެ ފުރަތަމަ އަޖުމަ ބަލާލުމަށް ކުރާ އޮޕަރޭޝަން ޔޫއޭއީގައި ބޭއްވުމަށް ވަނީ ތައްޔާރުވެފައެވެ. މި ތަޖުރިބާގައި ބަލާނީ ނިއުރަލިންކްގެ ހަށިގަނޑުގައި ހަރުކުރެވޭ ބްރެއިން-ކޮމްޕިއުޓަރ އިންޓަރފޭސްއަށެވެ. މި ޓެކްނޮލޮޖީން ނާރުތަކުގެ ހަރަކާތްތައް ރެކޯޑުކޮށް އެ ސިގްނަލްތައް ޑިޖިޓަލް ސިގްނަލްތަކަށް ބަދަލުކުރެއެވެ. ހަރަކާތްކުރުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މި ޓެކްނޮލޮޖީން ބުއްދީގެ އެހީގައި އެމީހުންގެ ވަށައިގެންވާ ތަންތަނާ މުޢާމަލާތުކުރުމުގެ އައު ގޮތެއް ހުޅުވައިދެއެވެ. 2016 ވަނަ އަހަރު އެލޮން މަސްކް އުފެއްދި ނިއުރޯޓެކްނޮލޮޖީ ކުންފުނިން ވަނީ އަބޫދާބީގެ ޑިޕާޓްމަންޓް އޮފް ހެލްތާއި ކްލީވްލޭންޑް ކްލިނިކް އަބޫދާބީއާ ގުޅިގެން ޔޫއޭއީ-ޕްރައިމް ގެ ނަމުގައި މި ދިރާސާ ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައެވެ. ނިއުރަލިންކުން މި ޓްރަޔަލް ސިފަކޮށްފައިވަނީ އެ ކުންފުނީގެ އެންމެ ޒަމާނީ ޓެކްނޮލޮޖީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ. އަދި މި ޓެކްނޮލޮޖީއަކީ ނާރުތަކުގެ ނުކުޅެދުންތެރިކަން ހުންނަ މިލިއަން މީހުންގެ ދިރިއުޅުން ރަނގަޅުކުރުމުގެ ފުރުޞަތު އޮތް އެއްޗެއްގެ ގޮތުގައެވެ.

ގުޅުންހުރި ޚަބަރު