ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އިންޑިއާގެ ސްމާޓްފޯނު އެކްސްޕޯޓް
ދުނިޔެ

އިންޑިއާގެ ސްމާޓްފޯނު އެކްސްޕޯޓް

އއިބްރާހީމްް ސަމީރު22 މޭ 2025
ކައުންޓަރޕޮއިންޓް ރިސަރޗްގެ ރިޕޯޓުން ދައްކާގޮތުގައި، 2024 ގައި އިންޑިއާގެ ސްމާޓްފޯނު އެކްސްޕޯޓްގެ 94 އިންސައްތަ ހިއްސާކުރަނީ އެޕަލް އަދި ސެމްސަންގެވެ. މި ދެ ކުންފުނިން ޤައުމުގައި އުފެއްދުންތެރިކަމަށް ކުރަމުންދާ އިންވެސްޓްމަންޓްތަކުގެ ސަބަބުން ސްމާޓްފޯނު ޤައުމުގެ އެންމެ މަތީ އެކްސްޕޯޓް މުދަލަށް ބަދަލު ކުރެވިފައި ވެއެވެ. އިންޑިއާ ސަރުކާރުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި،25 ވަނަ މާލީ އަހަރުގައި ސްމާޓްފޯނުތައް ވަނީ ރަސްމީކޮށް އިންޑިއާއިން އެންމެ ގިނައިން އެކްސްޕޯޓްކުރާ މުދަލަށްވެފައެވެ. އަދި، ޕެޓްރޯލިއަމް އުފެއްދުންތަކާއި ގަހަނާގެ އެކްޕޯޓަށް ވުރެން ފޯނު އެކްސްޕޯޓުމަތިވެފައި ވެއެވެ. މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފާއިތުވި ތިން އަހަރުގެ ތެރޭގައި އެމެރިކާ އަދި ޖަޕާނަށް ކުރާ އެކްސްޕޯޓްގައި ބޮޑު ކުރިއެރުމެއް ފެނިފައިވެއެވެ. އެމެރިކާއަށް ކުރާ އެކްސްޕޯޓް ގާތްގަނޑަކަށް ފަސް ގުނައަށް އިތުރުވެ 10.6 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ. ހަމައެހެންމެ، ޖަޕާނަށް ކުރާ އެކްސްޕޯޓް ހަތަރު ގުނަ އިތުރުވެ، 520 މިލިއަން ޑޮލަރަށް އަރާފައިވެއެވެ. މި ހަލުވި ކުރިއެރުން ނިސްބަތްކުރެވެނީ އުފެއްދުންތެރިކަމާ ގުޅުވައިގެން ސަރުކާރުން ދޭ އިނާޔަތުގެ ސްކީމަށެވެ. މި ސްކީމްގެ ސަބަބުން ބޭރުގެ އިންވެސްޓްމަންޓްތައް އިންޑިއާއަށް ގެނައުމަށާއި، ޤައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، އިންޑިއާގެ އުފެއްދުންތެރިކަން ދުނިޔޭގެ އަގުހުރި ސަޕްލައި ޗެއިންތަކާ ގުޅުވުމަށް އެހީތެރިވެފައިވެއެވެ. ސަރުކާރުގެ އެހީތެރިކަމާއި އެޕަލް އަދި ސެމްސަންގް ފަދަ ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކުން އިންޑިއާގައި އުފެއްދުންތެރިކަމުގެ ސަބަބުން، ސްމާޓްފޯނުގެ އެކްސްޕޯޓް މިއަހަރު 55 އިންސައްތަ އިތުރުވެ 24.14 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ. މިއީ ކުރީ މާލީ އަހަރުގެ 15.57 ބިލިއަން ޑޮލަރާއި އޭގެ ކުރީ އަހަރުގެ 10.96 ބިލިއަން ޑޮލަރާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.

ގުޅުންހުރި ޚަބަރު