ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ސިންދޫރާ ބެހޭ މައުލޫމާތު ދޭންދާ ވަފްދު
ދުނިޔެ

ސިންދޫރާ ބެހޭ މައުލޫމާތު ދޭންދާ ވަފްދު

އއިބްރާހީމްް ސަމީރު22 މޭ 2025
ބޭރު ގައުމުތަކަށް އޮޕަރޭޝަން ސިންދޫރާ ބެހޭ ގޮތުން މައުލޫމާތު ދޭންދާ ވަފްދުގައި އުވައިސީއާއި، ކަނިމޮޒީ އަދި ސަންޖޭ ކުމާރު ޖާ ފަދަ އިދިކޮޅު ފަރާތްތަކުގެ ލީޑަރުން ހިމެނެއެވެ. މި ވަފްދުގައި މިރްޒާގެ ބައިވެރިވުމުގެ މަޤްޞަދަކީ ޕާކިސްތާންގެ ދަށުގައި އޮންނަ ކަޝްމީރުގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެފައިވާ ދަތިތަކާއި، ހައްދުފަހަނައަޅާފައިވާ ފިކުރުތަކަށް ޕާކިސްތާނުން އެހީވާ ކަމަށް ބުނެ އެކަން ފާހަގަކޮށް، މި މައްސަލައަށް ޙައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން ހޯދުމެވެ. ޕާކިސްތާނުގެ ބާރުގެ ދަށުގައިވާ ޖައްމޫ އަދި ކަޝްމީރުގެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ އަމްޖަދު އައްޔޫބު މިރްޒާ، ވެސް ވަނީ ބޭރު ގައުމުތަކަށް އޮޕަރޭޝަން ސިންދޫރާ ބެހޭ ގޮތުން މައުލޫމާތު ދޭންދާ ވަފްދުގައި ބައިވެރިވުމަށް ބޭނުންވާ ކަމަށް ބުނެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އޭޕްރިލް 22 ވަނަ ދުވަހު ޕަހަލްގާމްގައި ހިނގި ޓެރަރިސްޓް ހަމަލާގައި 26 މީހުން މަރުވުމާ ގުޅިގެން، ޕާކިސްތާނާއި ކަޝްމީރުގައި ހުރި ޓެރަރިސްޓް ކޭމްޕްތަކަށް އިންޑިއާއިން ދިން ހަމަލާތަކާ ބެހޭގޮތުން ހުޅަނގުގެ ޤައުމުތަކަށް 59 މެންބަރުންގެ މައްޗަށް އެކުލެވޭ އިންޑިއާގެ ވަފުދުން، މަޢުލޫމާތު ދޭނެއެވެ. އަމިއްލަ ޤައުމުން ބޭރުގައި އަރުވާލެވިގެން ދިރިއުޅެމުންދާ މިރްޒާ ވަނީ، ޕާކިސްތާނުން ބަލަހައްޓާ ކަޝްމީރަކީ އަކީ ޕާކިސްތާނުގެ ޕްރޮކްސީ ޓެރަރިޒަމްގެ މައި މަރުކަޒުކަމުގައި ބުނެފައެވެ. އޭނާ ދެކޭގޮތުގައި، އޭނާގެ އަމިއްލަ ތަޖުރިބާތަކުން ލިބިފައިވާ މަޢުލޫމާތުން، އިންޑިއާއިން ބައިނަލްއަޤްވާމީ ފެންވަރުގައި ކުރާ މަސައްކަތްތައް އިތުރަށް ބުރަދަނެއް ލިބިގެން ދާނެއެވެ.

ގުޅުންހުރި ޚަބަރު